ސަރުކާރުގެ ނާޤާބިލްކަމުން ވޯލްޑް ބޭންކުން ރާއްޖެއަށް ދޭންއޮތް 519 މިލިއަން ރުފިޔާ ގެއްލިގެން ގޮސްފައިވާ ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ޑރ. އަހުމަދު ޝަމްހީދު މިއަދު ވިދާޅުވެއްޖެއެވެ.
މީސް މީޑިއާގައި މިއަދު ޙިއްސާ ކުރެއްވި މެސެޖެއްގައި ޑރ. ޝަމްހީދު ވިދާޅުވީ، ވޯލްޑު ބޭންކުގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ފައިނޭންސް ޕޮލިސީގެ ދަށުން ރާއްޖެއަށް ލިބެންއޮތް 33.7 މިލިއަން ޑޮލަރު (519 މިލިއަން ރުފިޔާ)ގެ އެހީ، ސަރުކާރުގެ ނާޤާބިލްކަމުގެ ސަބަބުން ނުލިބި ގެއްލިއްޖެ ކަމަށެވެ.
އެގޮތުން ސަރުކާރުން ވޯލްޑް ބޭންކަށް ދީފައިވާ ޔަގީންކަމާ ޚިލާފަށް، ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޮޑު އިންޓްރެސްޓްގައި ލޯނު ނަގާފައިވާތީ، މާލީ އިސްލާހީ ފިޔަވަޅުތައް އެޅުމުގައި ސަރުކާރު ފެއިލްވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
"އެހެން ޤައުމެއްގައި ނަމަ، މަޖިލީހުގައި މިއަދު ހިނގަމުންދާނީ ވަޒީރު މަގާމުން ވަކިކުރުމުގެ ބަހުސް." ޑރ. ޝަމްހީދު ވިދާޅުވެފައިވެއެވެ.
ޑރ. ޝަމްހީދު ވިދާޅުވީ، މަޖިލީހުގެ ދައުރު ދެން ފެށުމާއެކު މިކަމުގައި ސަރުކާރުން ފެއިލްވި ސަބަބު ހޯދަން މަޖިލީހުގެ ކޮމިޓީތައް ބޭނުން ކުރަށްވައިގެން މަސައްކަތް ކުރަށްވާނެ ކަމަށެވެ.
ވޯލްޑް ބޭންކްގެ ބޮޑު އެހީއެއް ރާއްޖެއަށް ގެއްލިފައިވާ ކަމަށް ޑރ. ޝަމްހީދު ވިދާޅުވެފައިވާއިރު، މި ކަމުގައި ސަރުކާރުން ރަސްމީކޮށް މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ.
މާލީ ވުޒާރާއިން ޢާއްމު ކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ 2025 ވަނަ އަހަރު ހިލޭ އެހީއަށް ލިބޭނެކަމަށް ބަޖެޓުގައި ޖަހާފައިވާ 2.59 ބިލިއަން ރުފިޔާގެ ތެރެއިން ލިބިފައިވަނީ އެންމެ 298 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރު ލިބޭނެ ކަމަށް އަންދާސާ ކުރި ޢަދަދުގެ އެންމެ 11.5 އިންސައްތައެވެ.
އަދި 2024 ވަނަ އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ބަޖެޓުގައި ޖެހި 1.47 ބިލިއަން ރުފިޔާގެ ތެރެއިން ހިލޭއެހީގެ ގޮތުގައި ދަޢުލަތަށް ލިބުނީ 660 މިލިއަން ރުފިޔާއެވެ. ނަމަވެސް 2023 ގައި 1 ބިލިއަން ރުފިޔާ ހިލޭއެހީގެ ގޮތުގައި ދަޢުލަތަށް ލިބިފައިވެއެވެ.
މިޢަދަދުތަކަށް ރިޢާޔަތްކޮށް ސަރުކާރުން މިއަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓުގައި، ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ޖަހާފައިވަނީ އެންމެ 373 މިލިއަން ރުފިޔާއެވެ.

ދައުލަތުގެ މާލިއްޔަތު މެނޭޖުކުރުމަށް މި ސަރުކާރުން ގެންގުޅޭ ދޯހަޅި ސިޔާސަތާއި ހެދި، ހާއްސަކޮށް ދަރަނި މެނޭޖުކުރުމުގައި ފެއިލްވުމުގެ ސަބަބުން، ދިވެހި ރައްޔިތުންނަށް ވޯލްޑު ބޭންކުގެ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ފައިނޭންސް ޕޮލިސީގެ ދަށުން ލިބެންއޮތް 33.7 މިލިއަން ޑޮލަރ (519…
— Ahmed Shamheed (@Ashamhyd) January 6, 2026
ޑރ. ޝަމްހީދު ވިދާޅުވީ، މަޖިލީހުގެ ދައުރު ދެން ފެށުމާއެކު މިކަމުގައި ސަރުކާރުން ފެއިލްވި ސަބަބު ހޯދަން މަޖިލީހުގެ ކޮމިޓީތައް ބޭނުން ކުރަށްވައިގެން މަސައްކަތް ކުރަށްވާނެ ކަމަށެވެ.
ވޯލްޑް ބޭންކްގެ ބޮޑު އެހީއެއް ރާއްޖެއަށް ގެއްލިފައިވާ ކަމަށް ޑރ. ޝަމްހީދު ވިދާޅުވެފައިވާއިރު، މި ކަމުގައި ސަރުކާރުން ރަސްމީކޮށް މިހާތަނަށް ބަހެއް ބުނެފައެއް ނުވެއެވެ.
މާލީ ވުޒާރާއިން ޢާއްމު ކޮށްފައިވާ ތަފާސް ހިސާބު ދައްކާގޮތުން މިދިޔަ 2025 ވަނަ އަހަރު ހިލޭ އެހީއަށް ލިބޭނެކަމަށް ބަޖެޓުގައި ޖަހާފައިވާ 2.59 ބިލިއަން ރުފިޔާގެ ތެރެއިން ލިބިފައިވަނީ އެންމެ 298 މިލިއަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރު ލިބޭނެ ކަމަށް އަންދާސާ ކުރި ޢަދަދުގެ އެންމެ 11.5 އިންސައްތައެވެ.
އަދި 2024 ވަނަ އަހަރު ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ބަޖެޓުގައި ޖެހި 1.47 ބިލިއަން ރުފިޔާގެ ތެރެއިން ހިލޭއެހީގެ ގޮތުގައި ދަޢުލަތަށް ލިބުނީ 660 މިލިއަން ރުފިޔާއެވެ. ނަމަވެސް 2023 ގައި 1 ބިލިއަން ރުފިޔާ ހިލޭއެހީގެ ގޮތުގައި ދަޢުލަތަށް ލިބިފައިވެއެވެ.
މިޢަދަދުތަކަށް ރިޢާޔަތްކޮށް ސަރުކާރުން މިއަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ބަޖެޓުގައި، ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ޖަހާފައިވަނީ އެންމެ 373 މިލިއަން ރުފިޔާއެވެ.
ކިޔުންތެރިންގެ ހިޔާލު