މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެމީހުން
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެމީހުން
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން މިދިޔަ ހޯމަ ދުވަހު މަސްތުވާތަކެތީގެ އޮޕަރޭޝަނެއް މާލޭގައި ހިންގާފައިވާ ކަމަށެވެ.

މި އޮޕަރޭޝަނެއްގައި މާލޭގެ އެޕާޓްމެންޓެއް ބަލައިފާސްކޮށް ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ހޯދާފައެވެ.

"މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. މަޑަވެލި، ވަލުތެރޭގެ، މުހައްމަދު އީވާން ހަމިދު 23، އާއި ހ. ސަކީނާމަންޒިލް، މުހައްމަދު ރާއިދު އަލީ އަސްޣަރު 31، އެވެ." ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު