ޓިކްޓޮކްގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޔާނިއާ ރަޝީދު މޫސާ، ރަށްފުށުގެ ދިރިއުޅުމާ ބެހޭގޮތުން ދެއްކި ވާހަކަތަކަކާ ގުޅިގެން އާންމުންގެ ފާޑުކިޔުންތައް އަމާޒުވުމުން އެންމެ ފަހުން މައާފަށް އެދިއްޖެއެވެ.
އައިސް ޓީވީގެ "ސައި ވިތު ސާއީ" ޝޯގައި ވާހަކަދައްކަމުން ޔާނިއާ ބުނެފައިވަނީ، އޭނާ އަކީ މާލެއަށް އުފަން މީހަކަށް ވުމުން ރަށްފުށުގެ ދިރިއުޅުންދެކެ ފޫހިވާ ކަމަށާއި، ރަށްރަށުގެ އަނދިރި މަގުތަކުން "ޖިންނިއެއް" ފެނިދާނެތީ ބިރުގަންނަ ކަމަށެވެ. މި ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު ވަނީ ރަށްފުށުގެ ދިރިއުޅުމަކީ މާލެއަށްވުރެ ހިތްފަސޭހަ ތަނެއްކަން ފާހަގަކޮށް، އޭނާއަށް މީސްމީޑިއާގައި ވަރަށް ބޮޑަށް ޖޯކު ޖަހާފައެވެ.
މި މައްސަލަ ހޫނުވެފައިވަނިކޮށް، ފާޑުކިޔުންތަކަށް ރައްދުދީ ޔާނިއާ ދެއްކި އިތުރު ވާހަކަތަކެއްގެ ސަބަބުން މަސްލަހަތު އިތުރަށް ގޯސްވިއެވެ. އެގޮތުން ރާއްޖޭގައި ލިޔަންކިޔަން ދަންނަ މީހުންގެ ނިސްބަތް މަދުވަމުންދާ ކަމަށް ބުނެ އޭނާ ކުރި ވީޑިއޯއަކާ ގުޅިގެން، ޓިކްޓޮކްގެ އެހެން ކްރިއޭޓަރުންވެސް އޭނާއަށް ނަސޭހަތްތެރިވެ ކަންބޮޑުވުން ފާޅުކުރިއެވެ.
މިކަންކަމާ ގުޅިގެން ޔާނިއާ ފަހުން ބުނީ، އޭނާގެ ވާހަކަތަކަށް "މީމް" ހަދައި މަޖާކުރަން ފެށުމުން ފުރަތަމަ އެކަން މަޖާ ކަމަކަށް ވީނަމަވެސް، ފަހުން އެއީ ކުރެވުނު ގޯސް ކަމެއްކަން ވިސްނިއްޖެ ކަމަށެވެ.އެންމެ ފަހުން ޔާނިއާ ވަނީ އޭނާ ދެއްކި ވާހަކަތަކަށް މައާފަށް އެދި، އެ ވީޑިއޯތައް ޑިލީޓްކޮށްފައެވެ.
އޭނާ ބުނީ އެ ވާހަކަތައް އާންމުން އެހާ ސީރިއަސްކޮށް ނަގާނެ ކަމަށް އޭނާ ކުރިން ހީނުކުރާ ކަމަށެވެ. އަދި ބައެއް ޖަވާބުތައް ދެވުނީ މަޖާވެފައި ހުރެގެން ކަމަށްވީ ނަމަވެސް، މިހާރު އެކަމާމެދު ވިސްނައި ދެރަވާ ކަމަށް އޭނާ ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު