އެޗްއާރްސީއެމްގެ ރައީސްކަމަށް ޑރ. ރަމީލާ އައްޔަނުކުރައްވައިފި-
އެޗްއާރްސީއެމްގެ ރައީސްކަމަށް ޑރ. ރަމީލާ އައްޔަނުކުރައްވައިފި-
ރާއްޖޭގެ ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) ގެ ރައީސްކަމުގެ މަޤާމަށް ޑރ. ޢާއިޝަތު ރަމީލާ ޢައްޔަންކުރައްވައިފިއެވެ.

އެޗްއާރްސީއެމްގެ ރައީސްގެ މަޤާމަށް ޑރ. ރަމީލާ ޢައްޔަންކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުންގެ ފާސްކޮށްފައިވަނީ މިމަހުގެ 6 ވަނަ ދުވަހުއެވެ.

އެ މަގާމަށް ޑރ. ރަމީލާ ޢައްޔަންކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމެޓީއަށް ފޮނުވުމުން، ކޮމެޓީގެ ބައްދަލުވުމެއް ބާއްވާ އޭނާގެ ނަން ކޮމެޓީގައި ބައިރިވެރިވި މެންބަރުން އިއްތިފާޤުން ވަނީ ފާސްކޮށްފައެވެ. އޭނާ އެ މަޤާމަށް ޢައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފައި ވަނީ ދައުރުން ބޭރުން އިއްޔެ ބޭއްވި ޚާއްޞަ ޖަލްސާގައި 38 މެންބަރުންގެ އިއްތިފާޤުންނެވެ.

ޑރ. ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަމަށް ޢައްޔަންކުރެއްވީ، އެ ކޮމިޝަންގެ ރައީސްގެ މަޤާމުގައި ހުންނެވި މަރިޔަމް މުނާގެ މަޤާމުގެ މުއްދަތު ހަމަވުމުންނެވެ.

ރައީސް އޮފީހުން ވިދާޅުވީ ޑރ. ރަމީލާ އެ މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ 'ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު' ގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު