ލަންކާ ހޮސްޕިޓަލް، ފޮޓޯ: ޖިންޖަރ ހެލްތުކެއާ
ލަންކާ ހޮސްޕިޓަލް، ފޮޓޯ: ޖިންޖަރ ހެލްތުކެއާ
ސްރީ ލަންކާގެ، ލަންކާ ހޮސްޕިޓަލަށް އާސަންދައިން ދައްކަންޖެހޭ ފައިސާތައް ނުދައްކާ އޮތުމުން، އެ ހޮސްޕިޓަލުން އާސަންދައިގެ ހިދުމަތް މެދުކަނޑާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އާސަންދައިގެ ފަރާތުން، ލަންކާ ހޮސްޕިޓަލަށް 70 މިލިއަން ރުފީސް ދައްކަންޖެހެއެވެ.

އެ ފައިސާ، އާސަންދައިން ދައްކާފައިނުވާތީ، އެއްބަސްވުން އާ ނުކުރުމަށް ލަންކާ ހޮސްޕިޓަލުން ނިންމީ ކަމަށް މީޑިއާއަކަށް މައުލޫމާތު ދެމުން އާސަންދައިގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

އޮފިޝަލް ވިދާޅުވީ އާސަންދައިން، ލަންކާ ހޮސްޕިޓަލާއެކު މީގެކުރިން ހަދާފައިވާ އެއްބަސްވުންތަކުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން އާކުރަން ހުށައަޅާފައިވީ ނަމަވެސް މި އެއްބަސްވުން

އާ ކުރުމާމެދު މިޙާތަނަށް ގޮތެއް ނިމިފައިނުވަނީ ދެ ފަރާތުން ހުށަހެޅި ކަންކަމަށް ވަކިގޮތެއް ގޮތެއް ނިންމިފައިނުވާތީ ކަމަށެވެ.

ލަންކާއަށް ބޭސްފަރުވާއަށް ދާ ގިނަ ދިވެހިންވަނީ އާސަންދައިގެ ދަށުން އެ ހޮސްޕިޓަލުން ފަރުވާ ހޯދާފައެވެ.



ކިޔުންތެރިންގެ ހިޔާލު