މިހާރަކަށް އައިސް ރާއްޖޭގައި ހިންގާ ބިންހިއްކުމާއި ފަޅު ފުންކުރުމުގެ މަޝްރޫއުތަކުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުންތަކާމެދު ތިމާވެށީގެ ދާއިރާއިން ކިޔަވަމުންދާ ދަރިވަރަކު ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފިއެވެ.
އެ ދަރިވަރު ފާހަގަކުރާ ގޮތުގައި، ބިންހިއްކުމަކީ ހަމައެކަނި އެއް ސަރަހައްދަކަށް ދެވޭ ގެއްލުމެއް ނޫނެވެ. އޭގެ ބަދަލުގައި، ހިއްކާ ސަރަހައްދާއި، ވެލި ނަގާ ސަރަހައްދުގެ އިތުރުން، އޮއިވަރާއެކު ދައުރުވާ ހިރަަފުހާއި ކަޅުކުނޑީގެ ސަބަބުން ކައިރި ހިސާބުތަކުގެ ފަރުތަކަށްވެސް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތައް ލިބި، މުޅި މޫދު ކައުނުގެ ދިރުންތަކަށް ނުރައްކާވެއެވެ. މީގެ އިތުރުން، މިފަދަ މަޝްރޫއުތަކުގެ ސަބަބުން ކަނޑުގެ އޮއިވަރާއި ހައިޑްރޯޑައިނަމިކްސްއަށް އަންނަ ބަދަލުތަކަކީ ދިގު މުއްދަތުގައި ރަށްތަކުގެ ސަލާމަތަށް އޮތް ބިރެއްކަން އޭނާ ފާހަގަކުރިއެވެ.
މޫސުމީ ބަދަލުތަކުގެ ނުރައްކާ އިހުސާސްވަނީ ހަމައެކަނި ކަނޑުގަދަވެ އުދައަރާ ދުވަސްވަރު ނުވަތަ ހޫނުގަދަވެގެން ކެތްނުކުރެވޭ ހާލަތްތަކުގައި ކަމަށް ބުނެ، އެ ދަރިވަރު ވަނީ މުޖުތަމައުގެ ވިސްނުން ހުރި ގޮތަށް ފާޑުކިޔާފައެވެ.
ކޮންމެ އަހަރަކު އުދައެރުމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ ވާހަކަ ދައްކާއިރު، އެކަމުން ރައްކާތެރިކޮށްދޭ ގުދުރަތީ ފަރުތައް ބިންހިއްކުމުގެ ނަމުގައި ހަލާކުކޮށްލުމަކީ ދެކޮޅު ނުޖެހޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ. ހަމައެފަދައިން، ރަށްރަށުގައި ހުންނަ ބޮޑެތި ގަސްތައް ކަނޑައި ބިންތައް ސާފުކުރުމަށްފަހު، ހޫނުގަދަވެގެންނާއި ކަރަންޓު ބިލު ބޮޑުވެގެން ޝަކުވާ ކުރާއިރު، އާ ގަސް އިންދައި މާހައުލު ފިނިކުރުމުގެ ޝައުގުވެރިކަން މީހުންގެ ކިބައިގައި ނެތްކަން އޭނާ ފާހަގަކުރިއެވެ.
އިންސާނުންނަކީ މި ބިންމަތީގައި އެކަނި އުޅެންޖެހޭ ބައެއް ނޫންކަން ހަނދާންކޮށްދެމުން، އެ ދަރިވަރު ބުނެފައިވަނީ ގުދުރަތީ ވަސީލަތްތަކާއި ތަންތަން ހަލާކުކޮށްލުމަކީ އެއްވެސް ހާލެއްގައި ތަރައްގީއެއް ނޫން ކަމަށެވެ. އަދި މޫސުމީ ބަދަލުތަކަކީ ހަގީގަތަކަށްވާއިރު، ތިމާވެއްޓަށް ބެލުމެއް ނެތި ހިންގާ މިފަދަ އަމަލުތަކުގެ ސަބަބުން ކުރިމަގުގައި ކުރިމަތިވާނެ ގުދުރަތީ ކާރިސާތަކުގެ ނުރައްކާ ބޮޑުވެގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު