ސްްރީލަންކާގެ އިމިގްރޭޝަނުން އެ ގައުމަށް ޒިޔާރަތްކުރާ ދިވެހިންނާ މެދު އަމަލުކުރަނީ ވަރަށް އިހާނެތިކޮށް ކަމަށް ވިދާޅުވެ، ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ލަންކާގެ މަޝްހޫރު ނޫހެއް ކަމަށްވާ "ޑެއިލީ ނިއުސް" އަށް ދެއްވި ބަސްދީގަތުމެއްގައި ސަފީރު ވަނީ ދިވެހިންނަށް ކުރިމަތިވާ ތަފާތުކުރުންތަކާއި ގޮންޖެހުންތަކުގެ ތަފްސީލް ހިއްސާކުރައްވާފައެވެ. ސަފީރު ފާހަގަކުރެއްވި ގޮތުގައި ވިސާ ހޯދުމަށް ދިވެހިން ހެނދުނު ނުވަޔަކުން ހަވީރު ފަހަކަށް ކިއުއެއްގައި މަޑުކުރަން ޖެހޭއިރު، ހަމުގެ ކުލަ އަލި ބޭރު މީހުންނަށް އެއްވެސް އުނދަގުލަކާ ނުލައި ވިސާ ލިބޭ ކަމަށެވެ. މީގެ އިތުރުން، އޭޖެންޓުން މެދުވެރިކޮށް ވިސާ ނަގާ ނަމަ ފަސޭހަކަމާއެކު ކަންކަން ހަމަޖެހޭތީ، އެފަދަ އޭޖެންސީތަކުން އިމިގްރޭޝަން އޮފިސަރުންނަށް "ކަޓު" ދެނީތޯ ވެސް ސަފީރު ވަނީ ސުވާލު އުފައްދަވާފައެވެ.
ދާދި ފަހުން ރާއްޖޭގެ ކަސްޓަމްސްގެ އިސް އޮފިޝަލަކު ޗުއްޓީއަށް ލަންކާއަށް ވަޑައިގަތުމުން، އޭނާ ވަކި ކޮޓަރިއަކަށް ގެންގޮސް ގިނަ ސުވާލުތަކެއްކޮށް ދަތިތަކާ ކުރިމަތިލާން ޖެހުނުކަން ސަފީރު ހާމަކުރެއްވިއެވެ.
މަސްއޫދު ވިދާޅުވީ، އިމިގްރޭޝަންގެ މަރުހަލާގައި ހުރި މިފަދަ އުނދަގޫތަކުގެ ސަބަބުން ލަންކާއަށް ޒިޔާރަތްކުރާ ދިވެހިންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށެވެ. ކުރިން އަހަރަކު 80,000 އަށް ވުރެ ގިނަ ދިވެހިން ޒިޔާރަތްކުރި ނަމަވެސް، މިހާރު އެ އަދަދު 1,500 އަށް ވުރެ ދަށަށް ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި އީސްޓާ ބޮމުގެ ހާދިސާއަށް ފަހު ދިވެހިންނާ ޓެރަރިޒަމާ ގުޅުވައިގެން ގެންގުޅޭ ތުހުމަތުތަކާ ގުޅޭގޮތުން ރަސްމީ ބަހެއް ހޯދުމަށް އެދިފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައި ނުވާކަން ވެސް ސަފީރު ފާހަގަކުރެއްވިއެވެ.
ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އަބަދުވެސް ލަންކާއަށް ތާއީދުކުރާކަމާއި، ލަންކާގެ މަސްވެރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުން ވެސް އޯގާތެރިކަމާއެކު އަމަލުކުރާކަން ސަފީރު ހަނދާންކޮށްދެއްވިއެވެ.
ނަމަވެސް، ރާއްޖެއިން ލަންކާއަށް ބަހައްޓާ ގާތްކަމާ އެއްވަރަށް ލަންކާއިން ދިވެހިންނަށް އިހުތިރާމް ނުކުރާ ނަމަ، ރާއްޖޭގައި އުޅޭ ލަންކާ ރައްޔިތުންނާ މެދު ގެންގުޅޭ ހެޔޮ ޕޮލިސީތައް ބަދަލުކުރަން ޖެހިދާނެ ކަމުގެ އިންޒާރު ވެސް ސަފީރު ވަނީ ދެއްވާފައެވެ. މިއީ ޒަމާނުއްސުރެ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް ބުރުލެއް އަރާފާނެ ފަދަ ކަމެއްކަން ފާހަގަކުރައްވައި، މި މައްސަލަތައް އަވަހަށް ހައްލުކުރުމަށް ސަފީރު ވަނީ ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު