އައްޑޫ ސިޓީ ފޭދޫއިން ގެއްލިގެން ހޯދަމުންދިޔަ 19 އަހަރުގެ އަންހެންކުއްޖާ، ހައްވާ ރާއިދާ މުނީރު ރައްކާތެރިކަމާއެކު މިހާރު ވަނީ ފެނިފައެވެ.
ފޭދޫ، ހަމްދަރުދީގެ، ރާއިދާ ގެއްލިފައިވާ ކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މިއަދު މެންދުރުފަހު 2:52 ހާއިރު ކަމަށްވާއިރު، އޭނާ ހޯދުމުގެ މަސައްކަތުގައި ފުލުހުންނާއި އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ބައިވެރިވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރާއިދާ ފެނިފައިވަނީ އޭނާ އެންމެ ފަހުން ފެނުނު ސަރަހައްދު ކަމަށްވާ ފޭދޫ ދިގިހެރައިގެ ވަލުތެރެ ހޯދަމުން ދަނިކޮށް އޭނާގެ ބޭބެއަށެވެ.
ރާއިދާ ފެނުމާއެކު މިހާރު ވަނީ އިތުރު ފަރުވާއަށާއި ސިއްހީ ހާލަތު ބެލުމަށް ފޭދޫ ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ނަމަވެސް، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާ ގުޅޭ އެއްވެސް އިތުރު ތަފްސީލެއް ކަމާބެހޭ އިދާރާތަކުން އަދި ހާމައެއް ނުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު