ރަށްރަށުގައި ހިންގުމަށް ބަޖެޓު ކުރެވިފައިވާ ބައެއް މުހިއްމު މަޝްރޫޢުތައް ނުފެށި ލަސްވަމުންދަނީ ކައުންސިލްތަކުން ބިން ހަވާލުނުކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ރޭ މާލޭގައި ޕީއެންސީގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން ރަށްރަށުގެ ތަރައްޤީއަށްޓަކައި ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތްތައް ކުރަމުންދާ ކަމަށާއި، އެގޮތުން މީގެ ކުރިން ރަށްރަށަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުތަކުގައި ފެށި މަސައްކަތްތަކާއި މިއަހަރުގެ ބަޖެޓުގައި ހިމެނޭ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ނަމަވެސް، މި ކަންކަމަށް ހުރަސްއަޅައި "ބުރެކި ޖައްސާނެ" ބަޔަކު ތިބުމަކީ ވިސްނުންތެރި ގޮތެއް ނޫން ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.
"ސިޔާސީ ގޮތުން އެކިކަހަލަ އުނދަގޫތައް ކުރިމަތިކޮށް، ރައްޔިތުންނަށް އޭގެން ގެއްލުންވާނެ ގޮތަށް ކަންކަން ކުރާ ކައުންސިލްތަކެއް އެބަހުރި. މިއީ ހަމައެކަނި ސަރުކާރުގެ މިސްރާބަށް ހުރަސްއެޅުމެއް ނޫން، އޭގެ ސަބަބުން އެ ރަށްރަށުގެ ތަރައްޤީ މަޑުޖެހި ފަހަތަށް ދަނީ،" ރައީސް ވިދާޅުވިއެވެ.
މަޝްރޫޢުތައް ކުރިއަށްދާ ގޮތުގެ ތަފުސީލަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ބައްލަވައިލެއްވި ލިސްޓަކުން އެތައް ރަށެއްގައި މީގެ ދެތިން މަސް ކުރިން ސޮއިކޮށްފައިވާ މަޝްރޫޢުތައް ނުފެށި ހުރިކަން ފާހަގަވި ކަމަށެވެ. އޭގެ ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ކައުންސިލުން ބިން ހަވާލުނުކުރުމެވެ.
"މިސްކިތް އަޅަން، ސްކޫލް އެކްސްޓެންޝަން އަޅަން، ހެލްތު ސެންޓަރުގެ މަސައްކަތްތަކާއި ސްޕޯޓްސް މަޝްރޫޢުތަކަށް ބިން ހަވާލުނުކޮށްގެން މަސައްކަތް ހުރީ ހުއްޓިފައި. މިއީ ކައުންސިލުން ކުރަންޖެހޭ ކަމެއް. މީގެ ސަބަބުން ގެއްލުން މިވަނީ އެ ރަށެއްގެ ރައްޔިތުންނަށް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިފަދަ ކަންކަން ތަކުރާރުވާން ބޭނުންފުޅު ނުވާ ކަމަށާއި، ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށްފަހު ބާކީ އޮތް މުއްދަތުގައި މަޝްރޫޢުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދަން ބޭނުންފުޅުވާ ކަމަށެވެ. އަދި އެކަން ކުރެވޭނީ ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ޒިންމާ ހަވާލުކޮށްފައިވާ ފަރާތްތަކުން ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދީގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި މަޝްރޫއުތައް ބާރު ސްޕީޑެއްގައި ކުރިއަށް ގެންގޮސް ފުރިހަމަ ކުރެވޭނީ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުން އިންތިހާބުކޮށްގެން ކަމަށް ވިދާޅުވެ ރައީސް ވަނީ މާލެ އާއި ހުރިހާ ސިޓީތަކެއްގެ ކައުންސިލަށް ވެސް ޕީއެންސީގެ މެމްބަރުން އިންތިހާބު ކޮށްދިނުމަށް އެދިވަޑައިގެންފައެެވެ.

ކިޔުންތެރިންގެ ހިޔާލު