ރާއްޖޭގެ އިޤްތިޞާދު މިއަދު އޮތީ "ވެންޓިލޭޓަރުގައި" ކަމަށް ސިފަކުރައްވައި، ޤައުމުގެ ހާލަތާމެދު ދިވެހި ރައްޔިތުން ފުންކޮށް ވިސްނައި ތެދުވަންޖެހޭ ކަމަށް ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީޕަލް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޓައުން ހޯލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ޤައުމުގެ އިޤްތިޞާދީ ހަރަކާތްތައް މިއަދު އޮތީ މުޅިން ހުއްޓިފައި ކަމަށެވެ. އެގޮތުން ރިއަލް އެސްޓޭޓް ވިޔަފާރިތަކާއި ބޮޑެތި މަޝްރޫޢުތައް ހުއްޓިފައިވުމުގެ ސަބަބުން، އިޤްތިޞާދުގައި ޑޮލަރަށް އޮތް ޑިމާންޑް އޮތީ މަދުވެފައި ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސް މުޢިއްޒާއި އެމަނިކުފާނުގެ އަރިހުގައި ތިބޭ މީހުން ރައްޔިތުންނަށް ކަންކަން އޮޅުވާލި ނަމަވެސް، މިއަދު ރައްޔިތުންނަށް ހަޤީޤީ ހާލަތު އިޙްސާސްވަމުންދާ ކަމަށެވެ. މިއަދު ޑޮލަރުގެ ރޭޓު 20 ރުފިޔާ 25 ލާރި ނުވަތަ 30 ލާރީގައި ހުރީ އިޤްތިޞާދުގައި އެއްވެސް ދިރުމެއް ނެތުމުން ކަމަށާއި، އިޤްތިޞާދީ ހަރަކާތްތައް ހިނގާނަމަ ޑޮލަރުގެ އަގު 22 ނުވަތަ 25 ރުފިޔާއަށްވުރެ މައްޗަށް ދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އިޤްތިޞާދު ވެންޓިލޭޓަރުގައި އޮތްއިރު ޑޮލަރު މިހާރު އެ އުޅޭ އަގުގައި ހުރީ ޑިމާންޑް ދަށްވުމުން. ބޭރުން މުދާ އިމްޕޯޓް ކުރުމާއި، ރާއްޖޭން ބޭރަށް ބޭސްފަރުވާއަށް ދާ މީހަކު ނޫނީ ޑޮލަރު ބޭނުންވާ ބޮޑު ކަމެއް މިއަދު ނެތް،" ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސް ޔާމީން ވަނީ އިޤްތިޞާދީ ކަންކަމުގައި ރައްޔިތުންނަށް އޮޅުވާލައި ދޮގުހަދާނަމަ، ދައުލަތް ބޭންކްރަޕްޓްވުމުގެ ބިރު އޮތްކަން ފާހަގަކުރައްވާފައެވެ. އަދި މިފަދަ ހާލަތްތަކުގައި ވެރިކަން ބަދަލުކުރުމަކީ ރައްޔިތުން އެދޭނެ ގޮތް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ތެދުވެ މިވަނީ ކީއްކަން ގަބޫލުކޮށް، ރަނގަޅު ގޮތަކަށް މަސައްކަތްކުރަން ބޭނުން ނޫނިއްޔާ ހަމަ އާފާތަކަށްފަހު އާފާތެއް، މުސީބާތަކަށްފަހު މުސީބާތެއް އަންނާނީ،" ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ކަންކަން ރަނގަޅު ކުރުމަށް ރައްޔިތުން އިސްނަގައިގެން މަސައްކަތް ނުކޮށްފިނަމަ، ކުރިމަތިލާންޖެހޭ ތަކްލީފުތައް އިތުރުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު