ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން ވަޒީފާ ދެމުންދަނީ ކޮންޓްރެކްޓް އުސޫލުން ކަމަށާއި، މި ހީލަތްތެރި ރޭވުމާ ދެކޮޅަށް ރައްޔިތުން ނުކުމެ އިހްތިޖާޖު ކުރަންޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަދައްކަވަމުން އެމްޑީޕީގެ ކުރީގެ ރައީސް ޑރ. ޑީޑީ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިސްބަތްވާ ދާއިރާތަކުގެ ނުފޫޒުގަދަ އާއިލާތަކަށް ސިޔާސީ މަގާމުތައް ބަހަމުންދާ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ޓެކްސް ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހިންގާ ބޮޑު ޖަރީމާއެއް ނުވަތަ "ވައްކަމެއް" ގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. ޑީޑީ ވިދާޅުވި ގޮތުގައި ސަރުކާރުގެ މި ސިޔާސަތުތައް ބައްޓަން ކުރަމުންދަނީ ވަރަށް ނުރައްކާތެރި މިސްރާބަކަށެވެ. އެގޮތުން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ، އެންމެ ފުރަތަމަ ކުރާނެ ކަމަކީ ރިޔާސީ ދައުރު 10 ނުވަތަ 15 އަހަރަށް ދަންމާލުމަށް ގާނޫނުއަސާސީ އިސްލާހު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަނީ މަޖިލިސް ރިސެސްގައި އޮންނަ ވަގުތުތަކުގައާއި، އިދިކޮޅު މެންބަރުން ރާއްޖޭގައި ނުވަތަ މާލޭގައި ނޫޅޭ ވަގުތުތައް ބަލައިގެން ކަމަށްވެސް ޑީޑީ ވިދާޅުވިއެވެ.
"މިއީ ވަރަށް ހީލަތްތެރި ރޭވުމެއް. މީގެ ބޭނުމަކީ އެއްވެސް ހާލެއްގައި ޚަރަދު ކުޑަކުރުމެއް ނޫން،" ޑީޑީ ވިދާޅުވިއެވެ.
ޚަރަދު ކުޑަކުރާ ކަމަށް ސަރުކާރުން ބުނާއިރު، ކައުންސިލް އިންތިޚާބާ ދިމާކޮށް 300 އާއި 500 އާ ދެމެދުގެ އަދަދަކަށް ސިޔާސީ މަގާމުތައް ބަހަމުންދާ ކަމަށް ޑރ. ޑީޑީ ވިދާޅުވިއެވެ. އަދި މި ވަޒީފާތަކަކީ ދާއިމީ ވަޒީފާތަކެއް ކަމަށް ގިނަ ބަޔަކަށް ހީވި ނަމަވެސް، އެއީ ކޮންޓްރެކްޓް އުސޫލުން ދޭ ވަޒީފާތަކެއް ކަމަށާއި، އިންތިޚާބު ނިމުމާއެކު އެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.
"ލޯކަލް ކައުންސިލް އިންތިޚާބު ނިމުމާއެކު، އެބޭފުޅުން ބުނާނެ މިއީ ކޮންޓްރެކްޓް މުއްދަތު ހަމަވުމުން ވަކިވީ މީހުންނޭ،" ޑރ. ޑީޑީ ވިދާޅުވިއެވެ.
ޑީޑީ އިތުރަށް ވިދާޅުވީ މިއީ ރައްޔިތުންގެ ޓެކްސް ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ވަރަށް ސީރިއަސް އަދި ނުރައްކާތެރި މައްސަލައެއް ކަމަށެވެ. އެހެންކަމުން މިކަމާ ދެކޮޅަށް ރައްޔިތުން ނުކުމެ އަޑުއުފުލައި އިހްތިޖާޖު ކުރަންޖެހޭ ކަމަށް ޑރ. އިބްރާހިމް ދީދީ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު