ސްްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް އެ ގައުމުގެ އިމިގްރޭޝަނުން ތަފާތުކުރުންތަކާ ކުރިމަތިލާންޖެހޭ ކަމަށް ވިދާޅުވެ، ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ދެއްކެވި ވާހަކަތަކާ ގުޅިގެން، ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛާ އާއިޝަތު އާޒިމާ ޝަކޫރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ސަފީރު މަސްއޫދު އިމާދު ދާދިފަހުން މީޑިއާގައި ވިދާޅުވެފައިވަނީ، ލަންކާއަށް އެތެރެވާ ދިވެހިންނާ މެދު އެ ގައުމުގެ އިމިގްރޭޝަން އޮފިޝަލުން ތަފާތުކުރުންތައް ގެންގުޅޭ ކަމަށާއި، ވިސާގެ ކަންކަމުގައި ވެސް ދަތިތަކެއް ކުރިމަތިކުރަމުންދާ ކަމަށެވެ.
މިކަމާ ގުޅިގެން ކުރީގެ ބަންޑާރަ ނައިބް އާޒިމާ ޝަކޫރު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދެޤައުމުގެ ދެމެދުގައި އުފެދޭ ހާރިޖީ މައްސަލަތައް އެ ގޮތަށް މީޑިއާގައި ހާމަކޮށް، އެވާހަކަ އެގޮތަށް ދެއްކުން އެއީ ގަބޫލުކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެގޮތުން މިއަށް ވުރެ ނާޒުކު ހާރިޖީ މައްސަލަތައް މީޑިއާއަށް ތިލަ ނުކޮށް ހައްލުކޮށްފައިވާކަން އާޒިމާ ވަނީ ފާހަގަކުރަށްވާފައެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށް ހިންގި "އިންޑިއާ އައުޓް" ހަރަކާތް ފާހަގަކުރައްވައި އާޒިމާ ވިދާޅުވީ އެކަމުގެ ސަބަބުން ކުރިމަތިވި ގެއްލުން ކުޑަ ނޫން ކަމަށެވެ. އާޒިމާ ވަނީ ދެން އޮތް އެންމެ އަވަށްޓެރި ގައުމާ ދިމާކުރަން މީޑިއާތަކާއި ޕޯޑިއަމްތަކުގައި ނުފެށުމަށް އެދިވަޑައިގެންފައެވެ.
"އިންޑިއާ އައުޓް" ފަދަ ކަންކަމުގެ ސަބަބުން ކުރިމަތިވި ނޭދެވޭ އަސަރުތައް މަދު ނޫންއިރު، އަނެއްކާވެސް އަޅުގަނޑުމެންގެ އެންމެ ގާތް އަވަށްޓެރި ޤައުމަކާ މެދު މިފަދަ "ޕޯޑިއަމް އަދި މީޑިއާ ޑިޕްލޮމަސީ" އެއް ނުވަތަ މީޑިއާ މެދުވެރިކޮށް ހިޔާލުތަފާތުވުންތައް ބޭރުކުރުމުގެ ސިޔާސަތެއް މި ފެށެނީ ކަމަށްވާނަމަ، އެއީ ވަރަށް ބޮޑު ކަންބޮޑުވުމެއް." އާޒިމާ ވިދާޅުވިއެވެ.
މީގެ އިތުރުން އާޒިމާ ވިދާޅުވީ ރާއްޖެއަކީ ހަމައެކަނި ވަކި ގައުމަކަށް މާބޮޑަށް ބަރޯސާވެފައި އޮންނަ ގައުމަކަށް ވުމަށް ތާއީދު ނުކުރަށްވާ ކަމަށެވެ. އެހެންނަމަވެސް ހާރިޖީ ގުޅުންތަކާ ގުޅޭ މިފަދަ ނާޒުކު ކަންކަން މީޑިއާތަކުގައާއި ސިޔާސީ ޕޯޑިއަމްތަކުގައި އާންމުކޮށް ހާމަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް އާޒިމާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު