އަށް ފުޓުބޯޅަ ދަނޑުގެ ބޮޑުމިން ހުރި، ރެކޯޑް މިންވަރަކަށް ބާރަށް އެނބުރޭ ބިޔަ ހިލަގަނޑެއް ސައިންސްވެރިން ވަނީ ދާދި ފަހުން ހޯދާފައެވެ. "2025 އެމްއެން 45" ގެ ނަމުން ނަންދީފައިވާ މި އެސްޓެރޮއިޑަކީ މިހާތަނަށް ފެނުނު 1,640 ފޫޓަށްވުރެ ބޮޑެތި އެސްޓެރޮއިޑްތަކުގެ ތެރެއިން އެންމެ ބާރަށް އެނބުރޭ އެސްޓެރޮއިޑެވެ.

ގާތްގަނޑަކަށް 2,329 ފޫޓު ފުޅާ މި ހިލަގަނޑު، އިރުގެ ވަށައިގެން ދަތުރުކުރަމުންދާއިރު ކޮންމެ 1.88 މިނެޓަކުން އެއްފަހަރު އަމިއްލަ ނަފްސުގެ ވަށައިގެން އެނބުރެއެވެ. މި ހޯދުމުން ހިލަގަނޑު އުފެދިފައިވާ ގޮތާ ބެހޭ އާ މަޢުލޫމާތުތަކެއް ވަނީ ލިބިފައެވެ.

އާންމުކޮށް ހިލަ އުފެދިފައި ހުންނަނީ ކުދިކުދި އެތިކޮޅުތައް ގްރެވިޓީގެ ސަބަބުން އެކަތިގަނޑަކަށް ވެގެން ކަމަށްވީ ނަމަވެސް، 2025 އެމް އެން 45 އެނބުރޭ ބާރުމިނަށް ބަލާއިރު އެއީ ވަރަށް ވަރުގަދަ މާއްދާއަކުން އުފެދިފައިވާ އެކަތިގަނޑެއްކަން އެނގޭ ކަމަށް ފަލަކީ އިލްމުވެރިން ބުނެއެވެ. ސައިންސްވެރިން ބަޔާންކުރާ ގޮތުގައި، މި ސައިޒުގެ އެސްޓެރޮއިޑެއް ނުވަތަ ހިލަ މިހާ ބާރަށް އެނބުރޭއިރު ކުދިކުދިވެގެން ނުދަނީ އެއީ ހަރުދަނާ "ސޮލިޑް ރޮކް" އެއް ކަމަށްވާތީއެވެ. މި ހިލަ ހޯދާފައިވަނީ ޗިލީގައި ހުންނަ ވެރާ ސީ. ރޫބިން އޮބްޒަވޭޓަރީންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ކެމެރާ ބޭނުންކޮށްގެން ހަތް ދުވަހުގެ ތެރޭގައި ހޯދި 2,000 ހިލަ ތެރޭގައި ހިމެނޭ މި ހިލަގަނޑަކީ "އަލްޓްރާ-ފާސްޓް" ކޮށް އެނބުރޭ ތިން އެސްޓެރޮއިޑްގެ ތެރެއިން އެކެކެވެ. މި ހުރިހާ އެސްޓެރޮއިޑްތަކަކީވެސް ފުޓުބޯޅަ ދަނޑަކަށްވުރެ ދިގު ތަކެއްޗެވެ.

ނާސާއިން ހާމަކުރާ ގޮތުގައި، ދުނިޔެއާ ގާތުން ދަތުރުކުރާ މިފަދަ ބައެއް ތަކެއްޗަކީ ނުރައްކާތެރި އެއްޗެހީގެ ގޮތުގައި ބެލެވުނު ނަމަވެސް، ކުރިއަށް އޮތް 100 އަހަރު ތެރޭގައި ދުނިޔެއަށް ބޮޑު ގެއްލުމެއް ލިބޭ ފަދަ އެސްޓެރޮއިޑެއް ނުވަތަ ހިލަ ދުނިޔޭގައި ޖެހުމުގެ ފުރުސަތު ވަރަށް ކުޑައެވެ. މި ހޯދުމަކީ އަހަރެމެންގެ ސޯލާ ސިސްޓަމްގައި ހުރި ތަކެތި އުފެދިފައިވާ ގޮތާއި އޭގެ ބާވަތްތައް ދެނެގަތުމަށް ލިބުނު ވަރަށް މުހިންމު ކުރިއެރުމެކެވެ.



ކިޔުންތެރިންގެ ހިޔާލު