ނިމިދިޔަ ޑިސެމްބަރު މަހު އެކަނިވެސް ސްކޭމްގެ 179 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާއިރު، މި މައްސަލަތަކުގައި 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާ ގެއްލިފައިވާ ކަމަށް ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ހާމަކޮށްފިއެވެ.
މީގެ ތެރޭގައި އެންމެ ގިނައީ އީކޮމާސް ނުވަތަ އޮންލައިން ވިޔަފާރިތަކާ ގުޅުންހުރި މައްސަލަތައް ކަމަށް ފުލުހުން ވަނީ ބުނެފައެވެ. 0ޕޯ ޕޯޯޕޯޯ ޕޕޯ މީގެ އިތުރުން އޮޅުވާލައިގެން އެހެން މީހަކަށް ވެގެން ފައިސާ ހޯދުމާއި، ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާ ސްކޭމްތައް ވެސް ގިނަ އަދަދަކަށް ރިޕޯޓުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ފުލުހުން ބުނީ ސްކޭމްގައި ގެއްލޭ ފައިސާ އަނބުރާ ހޯދުމުގެ މަސައްކަތުގެ ދަށުން، ޑިސެމްބަރު މަހު ޖުމްލަ 4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވިފައިވާ ކަމަށެވެ. މީގެ ތެރޭގައި ނޮވެމްބަރު މަހު ގެއްލުނު ފައިސާގެ ބޮޑު ބައެއް ހިމެނޭ ކަމަށް ފުލުހުމްގެ އެންޓި ސްކޭމް ސެންޓަރުން ވަނީ ހާމަކޮށްފައެވެ.
އެންޓި-ސްކޭމް ސެންޓަރު އުފެދުނު ފަހުން ވޭތުވެދިޔަ 10 މަސް ދުވަހުގެ ތެރޭގައި ޖުމްލަ 22.7 މިލިއަން ރުފިޔާ ސްކޭމްތަކުގައި ގެއްލިފައިވާއިރު، އޭގެ ތެރެއިން 37 އިންސައްތަ ނުވަތަ 8.5 މިލިއަން ރުފިޔާ ހޯދައިދެވިފައިވާ ކަަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި، ޝައްކުކުރެވޭ ލިންކްތަކަށް ނުފިތުމަށާއި، ފައިސާ ފޮނުވުމުގެ ކުރިން އެއީ ކާކުކަން ޔަގީންކުރުމަށް ފުލުހުން އިލްތިމާސްކުރެއެވެ. އަދި ވިޔަފާރި މުއާމަލާތްތަކުގައި މުދާ ލިބުމުން ނޫނީ ފައިސާ ނުފޮނުވުމަށާއި، ފައިސާ މާރުކުރާނަމަ އެއީ އެމް.އެމް.އޭ އިން ހުއްދަ ދީފައިވާ ތަނެއްތޯ ބެލުމަށް ވެސް ފުލުހުން ވަނީ އިރުޝާދު ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު