3 ކިލޯ މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި ދެމީހުން-
3 ކިލޯ މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި ދެމީހުން-
މާލޭގެ އެޕާޓްމަންޓަކުން ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު މިދިޔަ ހަފުތާގައި ހައްޔަރުކުރި ދެ މީހުން އިތުރު 30 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ޅ. ނައިފަރު، ފަލަކް، ޝާއިން ޢަލީ (27އ) އާއި އއ. ފެރިދޫ، އިޙްރާމްގޭ އައިޝަތު މާޝާ އަޙުމަދު (20އ) އެވެ.

މި ދެ މީހުން ހައްޔަރުކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް އެންމެ ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ދީފައިވަނީ 5 ދުވަހުގެ މުއްދަތެކެވެ. އެ މުއްދަތު ހަމަވުމުން ކޯޓަށް ހާޒިރުކުރުމުން، މުޖުތަމައުގެ ސަލާމަތަށްޓަކައި ދެ މީހުންވެސް އިތުރު 30 ދުވަހަށް ބަންދުގައި ބޭއްވުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުގެ ބަންދު އަމުރުން އެނގޭ ގޮތުގައި، ތިން ކިލޯގެ މަސްތުވާތަކެތި ފެނުނު އެޕާޓްމަންޓަކީ އައިޝަތު މާޝާގެ ނަމުގައި ކުއްޔަށް ނަގާފައިވާ ތަނެކެވެ. ފުލުހުން އެ ތަނަށް ވަންއިރު، އެ ދެ މީހުން ތިބި ތަނުން ހާމައަށް ފެންނަން ހުރި ގޮތަށް މަސްތުވާތަކެތި ހުރި ކަމަށާއި، އަދި އެ ތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތައް ވެސް އެ އެޕާޓްމަންޓުން ފެނިފައިވާކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން، މި މައްސަލައިގައި ހިމެނޭ ޝާއިން އަކީ މީގެ ކުރިން ވެސް ކުށުގެ ރިކޯޑް އޮންނަ މީހެއްކަމަށް ބަންދު އަމުރުގައި ވެއެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު