ރ. ދުވާފަރު / ދޫރެސްގެ، އިސްމާޢީލް މަޙުމަދޫ (53އ) އާއި ރ. ދުވާފަރު / ޕެލެސް، އީސާ އަޙްމަދު (40އ)
ރ. ދުވާފަރު / ދޫރެސްގެ، އިސްމާޢީލް މަޙުމަދޫ (53އ) އާއި ރ. ދުވާފަރު / ޕެލެސް، އީސާ އަޙްމަދު (40އ)
ރ. ދުވަފާރަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ދެމީހުން ހައްޔަރުކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ، ރ. ދުވާފަރު / ދޫރެސްގެ، އިސްމާޢީލް މަޙުމަދޫ (53އ) އާއި ރ. ދުވާފަރު / ޕެލެސް، އީސާ އަޙްމަދު (40އ) ހައްޔަރުކޮށްފައިވަނީ މާލެއިން ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ.

މި މީހުން ހައްޔަރު ކޮށްފައިވަނީ، މި މަހު 10 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައެވެ.

"ދުވާފަރު ޕޮލިހުން ހިންގި އޮޕަރޭޝަނެއްގައި ދުވާފަރު ބަނދަރު ސަރަހައްދުން އެ މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ." ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ، މި މައްސަލާގައި ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އިސްމާޢީލް މަޙުމޫދު ފަސް ދުވަހަށް އަދި އީސާ އަޙްމަދު 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށެވެ.

އަދި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު