ބަނގުރަލުގެ ވިޔަފާރި ކުރާކަމަށް ތުހުމަތުވާ މައްސަލައިގައި މާލެއިން ހައްޔަރުކުރި ދެމީހެއްގެ ބަންދު މުއްދަތު ޖަހައިފިއެވެ.

ފުލުހުން ބުނީ، ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ހަތަރު މީހަކު މި މަހުގެ 10 ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.

މި އޮޕަރޭޝަންގައި މާލޭގެ މަސްވެރިންގެ ޕާކު ސަރަހައްދުން އެ ހަތަރު މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު 23 ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ނަމަވެސް އޭގެތެރެއިން 2 މީހުން ކޯޓުން ވަނީ ދޫކޮށްލާފައެވެ.

"ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މާލެ / ގ. ހެޕީސައިޑް، މުޙައްމަދު ނާއިޝް (43އ) އާއި ޅ. ހިންނަވަރު / ހަނދާން، އިކްރާމް ޢަބްދުއްރަޙްމާން (31އ) އެވެ." ފުލުހުން ބުނެފައިވެއެވެ.

ފުލުހުނުން ބުނީ މިދެމީހުން 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށާއި، މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު