މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކުރި މީހާ-
މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށް 15 ދުވަހަށް ބަންދުކުރި މީހާ-
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މާލެއިން ހައްޔަރުކުރި މީހަކު 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭ މައްޗަންގޮޅި ގެއެއް ބަލައި ފާސްކުރުމަށްފަހު ދެ މީހަކު ހައްޔަރު ކޮށްފައި ވާކަމަށެވެ.

އަދި މި މައްސަލަގައި ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މއ. ނިއުޔޯކްހައުސް / މާލެ، މުޙައްމަދު ޖިނާހް އިބްރާހީމް (26އ)، 15 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް އަަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އަދި އަނެއް މީހާ، ޝަރުތުކުރުމަށްފަހު ކޯޓުން ދޫކޮށްލާަފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު