ގަވާއިދާ ހިލާފަށް ހުޅުމާލޭގައި ސިނގިރޭޓު ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ބިދޭސީ މިހާ އިތުރު 15 ދުވަހަށް ބަންދު ކުރަން ކޯޓުން އަމުރު ކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ 44 އަހަރުގެ ޝުކޫރު އަލީ އެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އާ އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދިޔަ "ރިވެލި" އޮޕަރޭޝަންގެ ތެރެއިން، ޑިސެމްބަރު 26 ވަނަ ދުވަހު އެވެ.
އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން 10 ސިނގިރޭޓު ފޮއްޓާއި 3200 އަށް ވުރެ ގިނަ ޑޮލަރާއި 2900 އަށް ވުރެ ގިނަ ރުފިޔާ ފެނުނު ކަމަށް ފުލުހުން ހާމަކުރިއެވެ.
އަދި އޭނާ އުޅެމުންދިޔަ ތަން ބަަލައިފާސްކުރުމުގެ ތެރެއިން 32 ކާޓޫގެ ސިނގިރޭޓާއި 13 ފޮށި ސިނގިރޭޓު ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލައިގައި ޝުކޫރުގެ ބަންދާމެދު ގޮތެއް ނިންމުމަށް މިދިޔަ މަހުގެ 27 ގައި ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އެ މުއްދަތު އިއްޔެއަށް ހަމަވާތީ އިތުރަށް ބަންދުގައި ބެހެއްޓުމަށް ފުލުހުން އެދުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް ޖަހައިފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު