ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ހައިކޮމިޝަނަރު މަސްއޫދު އިމާދު އެގައުމުގެ ސަރުކާރަށް ފާޑުވިދާޅުވެ މީޑިޔާގައި ދެެއްކެވި ވާހަަކަތަކާއި ގުޅިގެން ސުވާލުކުރަން ފޮރިން މިނިސްޓަރު ޑރ. އަބުދުﷲ ޚަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށައަަޅައިފިއެވެ.
ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ހައިކޮމިޝަނަރު މަސްއޫދު އިމާދު ދެއްކެވި ވާހަކަތަކާއި ގުޅިގެން ފޮރިން މިނިސްޓަރު ޑރ. ޚަލީލް ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށައެޅުއްވީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ. މީކާއިލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ވަޒީރުންނާއި ސުވާލު ކުރަން މަޖިލީހުން ފޮނުވާ ނޯޓިސް ގެ ފޮޓޯއެއް ހާމަކުރަށްވާފައެެވެ. މެމްބަރު މީކާއިލް ވަޒީރު ޑރ. ޚަލީލާއި ކުރަށްވަނީ މަސްއޫދު އިމާދު ދެއްކެވި ވާހަކަތަކަކީ ޑިޕްލޮމެސީއާއި ބައިލެޓްރަލް މަޝްވަރާގެ ރިވެތި އުސޫލު ދޫކޮށް ފާޅުގައި އަވައްޓެރި ގައުމަކާ ޖެހިގަތުމަކީ އެންމެ ރަނގަޅު ގޮތްތޯ މި ސުވާލެވެ.
މަސްއޫދު ލަންކާގެ 'ޑެއިލީ ނިއުސް'އަށް ދިން އިންޓަވިއުގައި ލަންކާގެ ސަރުކާރަށް ފާޑުވިދާޅުވީ އެ ގައުމަށްދާ ދިވެހިންނަށް ދަތިކޮށް އިހާނެތިކޮށް އަމަލުކުރާ ކަމަށް ވިދާޅުވެއެވެ. އަދި އެގޮތަށް އަމަލުކުރާނަމަ ރާއްޖޭގައި މަސައްކަތްކުރާ ލަންކާގެ ފަންނީ މީހުންނަށް ވިސާ ދޫކުރުމުގެ ސިޔާސަތަށް ބަދަލުގެންނާނެކަމުގެ އިންޒާރު ވެސް އޭނާ ވަނީ ދެއްވާފައެވެ.
މަސްއޫދުގެ ވާހަކަތަކާއި ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން އޭނާ އާއި ސަރުކާރަށް ވަނީ އަމާޒުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު