ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު އެއްކޮށްލުމުގެ ބަދަލުގައި، މަޖިލިސް އިންތިޚާބަކީ ސަރުކާރުގެ ދައުރުގެ މެދުތެރެއިން ބާއްވާ "މިޑްޓާމް" އިންތިޚާބަކަށް ހަދަންޖެހޭ ކަމަށް ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ މީޑީއާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުވާކޮށްގެން ތިބެނީ ރައީސުލްޖުމްހޫރިއްޔާ ކަންކަން ކުރަނީ ރަނގަޅަށްތޯ ބަލައި، ގޯސްމަގުން ހިނގާނަމަ ހަމަމަގަށް އެޅުވުމަށް ކަމަށެވެ. އެހެންކަމުން، މަޖިލިސް އިންތިޚާބު ބާއްވަންވާނީ ރައީސުލްޖުމްހޫރިއްޔާއަކީ ކާކުކަމާއި، އޭނާގެ ފެންވަރާއި، ވެރިކަން ކުރާ ގޮތް ރައްޔިތުންނަށް ސާފުކޮށް އެނގޭނެ ދުވަސްވަރެއްގައި ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.
"ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލީމައި މިވާގޮތަކީ އަދި ނޭނގޭ ކާކު ޒިންމާދާރު ކުރުވާން މި އުޅެނީކީ. ރޯދަރާ ހިކިދަރާ އެއްކޮށް ބޮނޑިއަކަށް ބަނދެލީމަ ކަމަކު ނުދާނެ،" އަލީ ހުސައިން ވިދާޅުވިއެވެ.
ހަމައެއާއެކު އަލީ ޙުސައިން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލަންވީ ލޯކަލް ކައުންސިލް އިންތިޚާބާ ކަމަށެވެ. މިކަން ކުރުމަށް އަމަލީ ގޮތުން ކުރެވިދާނެ ކަމެއްގެ ގޮތުގައި އަލީ ހުށަހެޅުއްވީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު އޮތްގޮތަށް ބޭއްވުމަށްފަހު، 2029 ވަނަ އަހަރު އޮންނަ މަޖިލިސް އިންތިޚާބުގައި މެންބަރުން ހޮވާއިރު، އެ މެންބަރުންގެ ދައުރަކީ 2 އަހަރު ކަމަށް ކަނޑަ އެޅުމެވެ. އޭރުން 2031 ވަނަ އަހަރު އަނެއްކާވެސް މަޖިލިސް އިންތިޚާބު ބާއްވާއިރު، އެ އިންތިޚާބު ވެގެންދާނީ ސަރުކާރުގެ ދައުރުގެ މެދުތެރެއިން ބާއްވާ "މިޑްޓާމް" އިންތިޚާބަކަށެވެ.
އަލީ ހުސައިން ވިދާޅުވީ މިގޮތަށް އިންތިޚާބު ބޭއްވުމުން، ސަރުކާރުން ރަނގަޅަށް ކަންކަން ކުރާނަމަ ސަރުކާރަށް ތާއީދުކުރާ މެންބަރުން ރައްޔިތުން ހޮވާނެ ކަމަށެވެ. ނަމަވެސް ކޮރަޕްޝަނާއި ފަސާދަ ގިނަވެ، އަދުލުއިންސާފު ގާއިމު ނުކުރެވޭނަމަ، ރައްޔިތުން އިދިކޮޅު މެންބަރުން ހޮވައިގެން ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ގައުމުގެ މިހާރުގެ ހާލަތަށް އަލިއަޅުވާ ލައްވަމުން އަލީ ވިދާޅުވީ، މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބުމުން ފެންނަނީ ހުދުމުހުތާރު ވެރިކަމެއް ހިންގަން މަސައްކަތްކުރާ މަންޒަރު ކަމަށެވެ. އެގޮތުން ސުޕްރީމް ކޯޓު "ފުނޑާލުމުގެ" ސަބަބުން މުޅި ޖުޑިޝަރީ އޮތީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި، ފަނޑިޔާރުންނަށް ސަރުކާރާ ދެކޮޅަށް ހުކުމެއް ކުރަން ނުކެރޭ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
"ސަރުކާރަށް ސުޕަ މެޖޯރިޓީ ލިބުނީމާ ސަރުކާރު ޖަވާބުދާރީ ނުކުރެވޭނެ، އިސްލާހެއް ނުކުރެވޭނެ. އެކަން ކުރެވޭނީ މިޑްޓާމް އިންތިޚާބަކަށް މަޖިލިސް އިންތިޚާބު ބަދަލުކޮށްގެން." އަލީ ހުސައިން ވިދާޅުވިއެވެ.
ޢަލީ ހުސެއިން މިހެން ވިދާޅުވެފައިވާއިރު ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށް ބާއްވަން ސަރުކާރުގެ ފަރާތުން މިހާރު ވަނީ ގާނޫނު އަސާސީ އަށް އިސްލާހު ހުށައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު