ދެކުނު އޭޝިޔާގެ ގައުމުތަކާއި ވާދަކޮށް ފ. އަތޮޅު ތައުލީމީ މަރުކަޒުން ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް ހޯދައިފި އެވެ.
ފ. އަތޮޅު ތައުލީމީ މަރުކަޒަށް އެ ޝަރަފުވެރި އެވޯޑް ހަވާލުކޮށްފައިވަނީ ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގައި މިހާރު ކުރިއަށްދާ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކް (އޭޑީއެސްޑަބްލިއު) ހުޅުވުމުގެ ރަސްމިއްޔާތުގައެވެ.
މި ރަސްމިއްޔާތުގެ ތެރެއިން ވަނީ ދެމެހެއްޓެނިވި ތަރައްގީއަށް މަސައްކަތްކުރާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ ޝަރަފުވެރި ޒައިދު ސަސްޓެއިނަބިލިޓީ ޕްރައިޒް އެވޯޑްތައް ހަވާލުކޮށްފައެވެ.
މި އަހަރުގެ އެވޯޑް ހަފުލާގައި ރާއްޖެއަށް ޝަރަފުވެރި އެވޯޑެއް ލިބިފައިވާއިރު ގްލޯބަލް ހައި ސްކޫލް ކެޓަގަރީން ދެކުނު އޭޝިއާ ސަރަހައްދުން އެންމެ މޮޅު ސްކޫލަކަށް ހޮވިފައިވަނީ ފ. އަތޮޅު ތައުލީމީ މަރުކަޒެވެ. އެވޯޑު ފ.އަތޮޅު ތައުލީމީ މަރުކަޒަށް ހަވާލު ކޮށްދެއްވީ ޔޫއޭއީގެ ރައީސް އަދި އަބޫދާބީގެ ރޫލާ ޝެއިޚް މުހައްމަދު ބިން ޒައިދު އަލް ނަހްޔާނެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މިއީ ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިން ޒުވާނުން އިސްނަގައިގެން ކުރާ މަސައްކަތްތައް ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގަނެވުނު ކަމުގެ ހެއްކެއް ކަމަށެވެ.
ނިލަންދޫގައި ހުންނަ ފ. އަތޮޅު ތައުލީމީ މަރުކަޒަށް މި އެވޯޑް ލިބުނީ އެ ސްކޫލުގެ ދަރިވަރުން އިސްނަގައިގެން ހިންގާ އުންމީދީ މަޝްރޫއެއްގެ ސަބަބުންނެވެ. މި މަޝްރޫއަކީ އިރުގެ ހަކަތައާއި ވައިގެ ހަކަތަ ބޭނުންކުރުމާއި، ވާރޭފެން ރައްކާކުރުމާއި، ދެމެހެއްޓެނިވި ދަނޑުވެރިކަމާއި، ހައިޑްރޯޕޮނިކްސް އަދި ފެން މެނޭޖްކުރުން ހިމެނޭހެން ފަރުމާކޮށްފައިވާ މަޝްރޫއެކެވެ. މި މަސައްކަތުގެ މައިގަނޑު މަގްސަދަކީ ކާނާގެ ރައްކާތެރިކަމާއި، ސިއްހަތާއި ތިމާވެށި ހިމާޔަތްކުރުމަށް ބާރުއެޅުމެވެ.
މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަބޫދާބީ ސަސްޓެއިނަބިލިޓީ ވީކްގައި ރާއްޖެއިން ބައިވެރިވުމަކީ ތިމާވެށީގެ މައްސަލަތަކާއި، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ކުރާ މަސައްކަތްތަކުގެ އިތުރުން ތައުލީމީ ދާއިރާ މެދުވެރިކޮށް އައު އީޖާދުތައް ތައާރަފުކުރުމަށް ރާއްޖެއިން ދޭ އަހައްމިއްޔަތު ހާމަކޮށްދޭ ކަމެއް ކަމަށެވެ.
މި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޑރ. ޚަލީލްގެ އަރިހުގައި ޔޫއޭއީއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ހުސައިން ޝަރީފާއި، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ އަދި އެސިސްޓަންޓް ޑައިރެކްޓަރު ފާތިމަތު ރީނާ ބައިވެރިވެވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު