އަންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓާ ގުޅިގެން މިހާތަަނަށް 315 ޝަކުވާއެއް ހުށައަޅައިފިއެެވެ.
އަންނަ އޭޕްރީލް މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބުތަކުގެ ވޯޓުލާ މީހުންގެ ލިސްޓު، މި މަހުގެ 8 ވަނަ ދުވަހު ވަނީ އާންމުކޮށްފައެވެ. މި ލިސްޓުގައިވާ ގޮތުން ޖުމްލަ 294،937 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހާމަކުރި ގޮތުގައި، އާންމުކުރި ލިސްޓާ ގުޅިގެން މިހާތަނަށް 315 ޝަކުވާއެއް ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ، އެޑްރެސް ބަދަލުވުމުގެ ސަބަބުން ރަށްވެހިކަމަށް އައިސްފައިވާ ބަދަލުތަކާއި، ނިޔާވެފައިވާ މީހުންގެ ނަންތައް ލިސްޓުން އުނިކުރުމާ ގުޅޭ ޝަކުވާތަކެވެ.
ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 18 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. އެހެންކަމުން، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ލިސްޓު ޗެކްކޮށް، މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރުމަށް އީސީން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.
ލިސްޓަށް އުނި އިތުރެއް ގެނައުމަށް ނުވަތަ މައުލޫމާތެއް އިސްލާހުކުރުމަށް ޝަކުވާ ހުށަހަޅާއިރު، އެކަމުގެ ސައްހަކަން ކަށަވަރުކޮށްދޭ ރަސްމީ ލިޔުމެއް ހުށަހަޅަންޖެހެއެވެ. ސިޔާސީ ޕާޓީތަކުން ޝަކުވާ ހުށަހަޅަންވާނީ އެ ފަރާތްތަކަށް ހާއްސަކުރެވިފައިވާ "ސިމެދަ" ޕޯޓަލް މެދުވެރިކޮށެވެ.
ވޯޓުލާ މީހުންގެ ލިސްޓުގައިވާ މައުލޫމާތު، އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓުންނާއި 1414 އަށް އެސްއެމްއެސް ކޮށްގެން ބެލޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. އަދި ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެ ކޮމިޝަނުގެ މައިޕޯޓަލް މެދުވެރިކޮށް ޝަކުވާ ހުށަހެޅޭނެއެވެ

ކިޔުންތެރިންގެ ހިޔާލު