ރ. ކިނޮޅަސް ބޭރު ކަނޑުމަތިން އޮޔާދަނިކޮށް މި މަހުގެ 4 ވަނަ ދުވަހު ފެނުނު ހަށިގަނޑަކީ އުކުޅަހުން ގެއްލުނު ރަޝިއާ ފަތުރުވެރިޔާގެ ހަށިގަނޑު ނޫން ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން ބުނީ، ކިނޮޅަހު ބޭރުން މަރުވެފައިވާ މީހެއްގެ ހަށިގަނޑު އޮޔާދާ ކަމުގެ މައުލޫމާތު މިމަހުގެ 4 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި ފެނުނު ހަށިގަނޑު ވަރަށް ބޮޑަށް ކުނިވެ ހަލާކުވެފައިވާތީ، ޖިންސު ވެސް ދެނެގަނެވޭވަރު ނުވާކަމަށް އޭރު ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.
އެކަމުގެ މަޢުލޫމާތު މިއަދު ޙިއްސާ ކުރަމުން ފުލުހުން ބުނީ، ތަހުގީގުގެ މިހާތަނަށް އެއީ ފިރިހެނެއްގެ ހަށިގަނޑު ކަން ޑީއެންއޭ ތަހުލީލުތަކުން ޔަގީންކުރެވިފައިވާ ކަމަށެވެ.
އަދި އެއީ 2025 ޑިސެމްބަރ 17 ގައި އއ. އުކުޅަހު މޫދަށް އެރި އުޅެނިކޮށް ގެއްލުނު ރަޝިޔާ ފަތުރުވެރިޔާގެ ހަށިގަނޑު ކަމަށް ބައެއް މީހުން ބުނަމުންދިޔަ ނަމަވެސް، ފުލުހުން ވަނީ އެއީ ރަޝިއާ ފަތުރުވެރިޔާގެ ހަށިގަނޑު ނޫން ކަން ކަށަވަރު ކޮށްދީފައެވެ.
އޭގެއިތުރުން ފުލުހުން ބުނީ، އެމައްސަލައާ ގުޅިގެން ބަލަންޖެހޭ އިތުރު ކަންތައްތައް ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު