ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ޑޮލަރު ބްރީފްކޭހެއް ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރު ކޮށްފިއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަށް ވަންނަން ދިޔަ ބޭންކެއްގެ ދެ މުވައްޒަފަކަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަޅިން ބިރުދައްކައި، ގިނަޢަދަދެއްގެ ފައިސާ ހުރި ސޫޓްކޭހެއް ފޭރިގެންފައިވާ މައްސަލައެއްް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ 27 އޮކްޓޯބަރ ދުވަހުގެ ފަތިހު 4:45 ހާއިރުއެވެ. ފޭރުނު މީހުން އެއަރޕޯޓަށް ގޮސްފައިވަނީ ކާރެއްގައި ކަމަށްވެއެވެ.
މި މައްސަލައާ ގުޅިގެން ހަމަ އެދުވަހު ހަތަރު މީހަކު ކ. ހުރައިން ހައްޔަރު ކޮށްފައިވާއިރު، އޭގެފަހުން އިތުރު ތިން މީހަކު ހައްޔަރު ކޮށް ޝަރީޢަތް ނިމެންދެން ވަނީ ބަންދު ކޮށްފައެވެ. އެއީ ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހިމް އަބޫބަކުރު 27، އާއި ތ. ވިލުފުށި، އެހީވާގެ، އަހުމަދު މާހިދު 44، އަދި ސ. ހިތަދޫ. ވަށަގުލިމާގެ، އަލީ އަފްޒަލް 21،އެވެ.
މި މައްސަލައިގައި އެންމެ ފުރަތަމަ ހައްޔަރު ކޮށްފައި ވަނީ ލ. މާވަށް، ރޭޝަމް، މާޒިން މޫސާ 25، އާއި މ. ކޯރަސް، އަހުމަދު ރައިހާން ނައީމް 20، ގެ އިތުރުން ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހިމް އަނޫފް 24، އަދި އެގޭ ހުސައިން ޝަހުދު 30،އެވެ. އެމީހުންވެސް ވަނީ ޝަރީޢަތް ނިމެންދެން ބަންދު ކޮށްފައެވެ.
ފުލުހުން މިއަދު ބުނީ، މި މައްސަލައިގެ ތުހުމަތުގައި މިދިޔަ އަންގާރަ ދުވަހު، ހައްޔަރުކޮށްފައިވަނީ ރ. މަޑުއްވަރި، މީޒާން, އިސްމާއީލް ސިރްހާން, 30, ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ބުނީ އެއަރޕޯޓުން ފޭރުމަށްފަހު ފިލަން ބޭނުންކުރި ކަމަށް ބެލެވޭ ލޯންޗުވެސް ކ. ހުރައިން ހޯދި ކަމަށެވެ. ނަމަވެސް، ގެއްލުނު ފައިސާގެ ހޯދުނު ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ހަމައެއާއެކު ފުލުހުންވަނީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ޓާމިނަލަށް ވަންނަން ދިޔަ ބޭންކްގެ ދެ މުވައްޒަފުން ފައިސާ ދަބަސް އުފުލުމުގައި ފުލުހުންގެ ސެކިއުރިޓީ ބޭނުންކޮށްފައި ނުވާ ކަމަށްވެސް ބުނެފައެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ވަޅިން ބިރުދެއްކުމަށްފަހު ފޭރިގަތް ދަބަސްތަކުގައި ހުރީ، އެއަރޕޯޓުން ފުރަންދާ ފަސެންޖަރުންނަށް ބޭންކުން ދޫކުރުމަށް ހުރި ލައްކައަކަށްވުރެ ގިނަ ޑޮލަރެވެ. އަދި ހުރާގެ ގެސްޓުހައުސަކަށް އައި ބަޔަކު ގިނަ އަދަދެއްގެ ޑޮލަރުތަކެއް ގެންގުޅޭ މަންޒަރު އެތަނުގެ ސީސީޓީވީއަށް އަރާފައިވާ ކަމަށް ބުނާ ޚަބަރުވެސް މީޑިއާގައި ވަނީ ދައުރުވެފައެވެ.
ނަމަވެސް މިކަންކަން ފުލުހުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ފުލުހުން ބުނީ، މި މައްސަލައާ ބެހޭގޮތުން އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށާއި، މައްސަލަ ތަހުގީގު ފުރިހަމަ ކުރަމުންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު