މީހަކު ރަހީނުކޮށް ފޭރެން އުޅުނު މައްސަލައިގައި ހައްޔަރުކުރި މީހުން-
މީހަކު ރަހީނުކޮށް ފޭރެން އުޅުނު މައްސަލައިގައި ހައްޔަރުކުރި މީހުން-
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އެމްޕީއެލް ޓަވަރުގެ ފުލެޓެއްގައި ފިރިހެނަކު ރަހީނުކޮށް، އޭނާއަށް ބިރުދައްކައި ފައިސާ ހޯދަމުންދިޔަ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ޝުނީން އަންވަރު/ބިލާލުގެ، ސ.ހިތަދޫ (24އ) އާއި، ހުސައިން ނާހީ ޖަމާލް/ބްލޫކޯނަރ، ސ.ހިތަދޫ (23އ) އާއި، އަލީ ސަރީޚު އަންވަރު/ކުލުނު، ގދ. ތިނަދޫ (23އ) އަދި އަހުމަދު ލުޖައިން/ ހުވަދުމާވިލާ، ސ. މީދޫ (24އ) އެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރުކޮށްފައިވަނީ، މި ހާދިސާ ހިނގައިގެން އުޅޭކަމުގެ މައުލޫމާތު ލިބުމާއެކު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި އޮޕަރޭޝަނުގައި އެމްޕީއެލް ޓަވަރުގެ ފުލެޓެއް ބަލައި ފާސްކޮށް، ރަހީނުކޮށްފައި އޮތް މީހާ ސަލާމަތްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެމީހާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަ

ށް ދައްކާފައި ވާކަމަށާއި، ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އޭނާ ދޫކޮށްލުމުން، މިހާރު އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި ހައްޔަރުކުރި 4 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެ މީހުން 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރު ކޮށްފައެވެ.

ފުލުހުން ގެންދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު