މިއީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ، އެންމެ ގިނަ ގޮނޑި ލޯކަލް ކައުންސިލް އިންތިހާބުހައި އެމްޑީޕީން ނަގާނެ ފަހަރު ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ އިސް ލީޑަރު އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ރައީސް ސާލިޙް މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ އިލެކްޝަންގައި އިދިކޮޅު އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގައި ވޯޓުލެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެެ. ރައީސް ސާލިޙް ވިދާޅުވީ ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް، ކުރާ މަސައްކަތުގައި އެމްޑީޕީއަށް ދަތިތަކެއް އެބަހުރި ކަމަށެވެ. އެއީ ސަރުކާރުން ކުރިމަތި ކުރުވާ ދަތިތަކެއް ކަމަށް ރައީސް ސާލިޙް ވިދާޅުވިއެވެ.
"އަޅުގަނޑަށް ވަރަށްބޮޑު އުއްމީދެއް އެބަ އޮތް، ހަމަ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮވެ، އެންމެ ގިނަ ގޮނޑި ނަގާ ފަހަރަކަށް މިފަހަރު އެމްޑީޕީ ވެގެންދާނެ" ރައީސް ސާލިޙް ވިދާޅުވިއެވެ.
ރައީސް ޞާލިހް މިއަދު ވެސް ވިދާޅުވީ، ގައުމު ހަމަ މަގަަށް އެޅުވުމަށް ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށެވެ. އެހެންކަމުން ކައުންސިލް އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުން ހޮވަންޖެހޭ އެންމެ މުހިންމު އެއް ސަބަބަކީ ވެސް އެއީ ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރަށްވާފައެވެ.
މީގެ އިތުރުން ރައީސް ޞާލިޙް ވަނީ އެމްޑީޕީގެ ތެރޭގައި ވާދަވެރިކަން އޮތް ނަމަވެސް، އެޕާޓީއާ އަލަށް ގުޅުނު ފަރާތްތަކާއި، އެމަނިކުފާނަށް ތާއީދު ކުރައްވާ ފަރާތްތަކުންވެސް އިންތިޚާބަށްފަހު ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު