އެމްޑީޕީގެ ޕްރައިމަރީގައި މާލޭ ސިޓީގެ މޭޔަރުގެ ޓިކެޓް ކާމިޔާބު ކުރެއްވި އާދަމް އާޒިމަށް، ކުރީގެ ރައީސް މުޙައްމަދު ނަޝީދު މަރުހަބާ ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ޕްރައިމަރީގައި މާލޭ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓު، މިހާރުގެ މާލޭގެ މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރެއްވީ ބޮޑު ތަފާތަކުންނެވެ. އާޒިމާ އެކު ޕްރައިމަރީގައި ވާދަކުރެއްވީ މެދުހެންވޭރު ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޢާޒިމެވެ. އަލީ އާޒިމަކީ މިދިޔަ ރިޔާސީ އިންތިޚާބާ ގާތްކޮށް، އެމްޑީޕީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސް އުފައްދަވައި އެ ޕާޓީގައި އެއިރުގެ އެމްޑީޕީގެ ވެރިކަމާ ދެކޮޅަށް ނިކުމެވަޑައިގެނެވި ބޭފުޅެއް ކަން ފާހަގަކުރެވެއެވެ. އޭގެ ފަހުން އަލީ އާޒިމް ހިމެނޭހެން މުޅި ޑިމޮކްރެޓްސްގެ ހުރިހާ އިސް މެންބަރުންހެން، އަލުން އެމްޑީޕީއަށް ވަނީ ގުޅިވަޑައިގެންފައެވެެ.
މިއަދު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގެ ނަތީޖާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓުގައި، ރައީސް ނަޝީދު ވަނީ މޭޔަރު ކަމުގެ ޓިކެޓް ކާމިޔާބު ކުރެއްވި އާދަމް އާޒިމަށް މަރުހަބާ ވިދާޅުވެފައެވެ. މީގެ އިތުރުން، މި އިންތިޚާބުގައި އާދަމް އާޒިމާ ވާދަކުރެއްވި އެމްޑީޕީގެ ކުރީގެ މަޖިލިސް މެންބަރު އަލީ އާޒިމް ދެއްކެވި ހިތްވަރަށް ވެސް ރައީސް ނަޝީދު ވަނީ ސާބަސް ދެއްވާފައެވެ. އަދި މި އިންތިޚާބަކީ ނަމޫނާ އިންތިޚާބެއްގެ ގޮތުގައި ފާހަގަކުރައްވައި، އިންތިޚާބު އިންތިޒާމުކޮށް ކުރިއަށް ގެންދިޔުމަށް އެމްޑީޕީން ކުރި ފުރިހަމަ މަސައްކަތަށްޓަކައި އެ ޕާޓީއަށް ވެސް ރައީސް ނަޝީދު ވަނީ ތަހުނިޔާ ވިދާޅުވެފައެވެ.
މިއަދު ބޭއްވި ޕްރައިމަރީ ކާމިޔާބު ކުރެއްވި އާދަމް އާޒިމަކީ މީގެ ކުރިން އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރުކަން ކުރައްވާފައިވާ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު