ލޯކަލް ކައުންސިލް އިންތިހާބުގެ އެމްޑީޕީގެ ޕްރައިމަރީގައި މާލެ ސިޓީގެ މޭޔަރު ކަމުގެ ޓިކެޓް މިހާރު ގެ ވެސް މޭޔަރު އާދަމް އާޒިމް ކާމިޔާބު ކުރެއްވުމާއި ގުޅިގެން އޭނާ އާއި ވާދަކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަލީ އާޒިމް ބަލި ގަބޫލުކުރަށްވައި މަރުހަބާ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީ ޕްރައިމަރީ ކެމްޕޭނުގައި އެންމެ ވާދަވެރިކޮށް ފެނިގެންދިޔައީ މާލެ ސިޓީ މޭޔަރުގެ ޓިކެޓް ކަން ފާހަގަކުރެވެއެވެ.
މާލޭގެ މޭޔަރު ޓިކެޓަށް ވާދަކުރެއްވީ މިހާރުގެވެސް މޭޔަރު އާދަމް އާޒިމާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.
މިއަދު މެންދުރުފަހު 2:30 އިން ފެށިގެން ކުރިއަށް ދިޔަ ޕްރައިމަރީ ވޯޓްލުން މިރޭ 8:00 އަށް ކުރިއަށްދިޔައިރު، މިރޭ މިހާތަނަށް އައި އިރު އެންމެ ވާދަވެރި މާލެ ސިޓީ މޭޔަރު ޓިކެޓް އާދަމް އާޒިމް ކާމިޔާބުކުރެއްވިކަން މިހާރު ވަނީ ކަށަވަރުވެފައެެވެ.
އެ ޕްރައިމަރީގައި ކާމިޔާބުކުރެއްވި އާދަމް އާޒިމްއާ ވާދަކުރެއްވި އަލީ އާޒިމް ވަނީ، ޕްރައިމަރީ ކާމިޔާބު ކުރެއްވި އާޒިމަށް ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވެފައެވެ. ފޯނުން ގުޅުއްވައި މަރުހަބާ ވިދާޅުވި، ވީޑިއޯގައި އަލީ އާޒިމް ވިދާޅުވީ އެމްޑީޕީއަށް އަބަދުވެސް ކާމިޔާބަށް އެދިވަޑައިގަންވާ ކަމަށެވެ.
އޭނާގެ ކިބައިން މޭޔަރ އާޒިމް ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރގެ ގޮނޑި ކާމިޔާބު ކުރެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ. ޖަވާބުގައި އަލީ އާޒިމް ވަނީ އާދަމް އާޒިމަށް އިންތިޚާބު ކާމިޔާބު ކޮށްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު