އެމްޑީޕީއަށް 2028 ގައި ވެރިކަން ހޯދަންޖެހޭ ކަމަށާއި، އެޕާޓީއަށް ވެރިކަމަށް ނާދެވޭހާ ހިނދަކު ރައްޔިތުން ތިބޭނީ ނިކަމެތި ކަމުގައި މާލޭ މޭޔަރުކަމުގެ ޓިކެޓު ކަށަވަރު ކުރެއްވި އާދަމް އާޒިމް ރޭ ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ އެޕާޓީގެ މާލޭގެ މޭޔަރު ޕްރައިމަރީން އޭނާ އަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ރޭ ބޭއްވި އިވެންޓުގައި ވާހަކަ ދައްކަވަމުންނެވެެ. އެގޮތުން މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެމްޑީޕީއަށް ވެރިކަން ނުލިބޭހާ ހިނދަކު ރައްޔިތުން ތިބޭނީ ނިކަމެތި ކަމުގައި ކަމަށެވެ. އަދި މިހާރު ގައުމު އޮތް ހާލަތު ބަދަލުވާނީ ވެރިކަން އެމްޑީޕީއަށް ލިބިގެން ކަމަށް އާޒިމް ވިދާޅުވިއެެވެ.
"ދިވެހިރާއްޖޭގެ ރައްޔިތުން އެދެމުން އެދަނީ އެމްޑީޕީގެ ވެރިކަމަކަށް، 2028ގައި، އިރާދަކުރެއްވިއްޔާ އަޅުގަނޑަށް ކޮށްދެވުނު ހުރިހާ ކަމެއް ކޮށްދޭނަން، އެމްޑީޕީ އަށް 2028 ހޯދައިދީ ރައްޔިތުން މިކުރަމުންދާ ހިތާމަތަށް ފިލުވައިދިނުމަށްޓަކައި އެމްޑީޕީގެ ވެރިކަމެއް ގެނެސްގެން އެކަން ފިލުވުމަށް އަޅުގަނޑަށް ކޮށްދެވުނު ހުރިހާ ކަމެއް ކޮށްދޭނަން" އާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން އާޒިމް ވިދާޅުވީ ހުރިހާ ފަރާތްތަކުން މަސައްކަތް ކުރަންވީ އިދިކޮޅު އެމްޑީޕީއަށް މުޅި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކޮށްދީ، 2028ގެ ރިޔާސީ އިންތިޚާބު ވެސް ހޯދައިދޭން ކަަމަށެވެ. އަދި އެކަމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރަށްވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ. އާޒިމް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބު އެމްޑީޕީން ބޮޑުތަނުން ކާމިޔާބުކުރާނެ ކަަމަށެވެ.
"އެދާގޮތަށް ގޮސް އެމްޑީޕީ އަށް 2028ގައި ވެރިކަން ކާމިޔާބު ކޮށްދޭނީ އަޅުގަނޑުމެން އެންމެން މަސައްކަތް ކޮށްގެން، ވެރިކަން ހޯދައިދީ މިގެނައި ބަދަލުތަށް އިތުރަށް ހަރުދަނާކުރުމަށްޓަކައި އަޅުގަނޑުމެން އެއްކޮށް މަސައްކަތް ކުރުމަކީ އަޅުގަނޑު އެދޭގޮތަކީ." އާޒިމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު