އިންޑޮނީޝިއާގެ "އިންޑޮނީޝިއާ އެއާ ޓްރާންސްޕޯޓް" އިން އޮޕަރޭޓްކުރާ އޭޓީއާރު 42-500 މަރުކާގެ ބޯޓެއް، ސައުތު ސުލަވެސީގެ މާރޮސް ރީޖަންގެ ލިއަންގް-ލިއަންގް ސަރަހައްދުގެ މަތިން ދަތުރުކުރަނިކޮށް މިއަދު މުވާސަލާތީ ގުޅުން ކެނޑިއްޖެއެވެ.
އިންޑޮނީޝިއާގެ މެރިން އެންޑް ފިޝަރީޒް ރިސޯސަސް ސަވައިލަންސްގެ ބޭނުމަށް ބޭނުންކުރާ މި ބޯޓާ ގުޅުން ކެނޑުނީ ހޮނިހިރު ދުވަހުގެ މެންދުރުފަހު 13:17 ގައެވެ. މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ ބޯޓު ހޯދުމުގެ ފުޅާ އޮޕަރޭޝަނެއް ހިންގަމުންނެވެ.
ރެޖިސްޓްރީ ނަންބަރު ޕީކޭ-ޓެޓް ގެ މި ބޯޓު ދަތުރުކުރަމުން ދިޔައީ ޔޮގްޔަކާޓާ އިން މަކަސާ އަށެވެ. ބޯޓާ ގުޅުން ކެނޑުނީ ސުލްތާން ހަސަނުއްދީން އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން ކައިރިވެފައި ވަނިކޮށް، ބަންތިމުރުން ފަރުބަދަ މަތިންނެވެ. ބަސަރްނާސް މަކަސާގެ އޮޕަރޭޝަންސް ހެޑް އަންދީ ސުލްތާން ވިދާޅުވި ގޮތުގައި، ބޯޓާ ގުޅުން ކެނޑުމާއެކު އެ ސަރަހައްދަށް މީހުން ސަލާމަތްކުރާ ޓީމުތައް މިހާރު ވަނީ ފޮނުވާފައެވެ.
މި ބޯޓުގައި ޖުމްލަ 11 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 8 ފަޅުވެރިންނާއި 3 ފަސިންޖަރުންނެވެ. ބޯޓު ހޯދުމުގެ މަސައްކަތް ވިލަރެސްކުރުމަށްޓަކައި ބަސަރްނާސް އިން މިހާރު ވަނީ ލިއަންގް-ލިއަންގް އަވަށުގައި ކޮމާންޑް ޕޯސްޓެއް ގާއިމުކޮށްފައެވެ.
އިންޑޮނީޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ވަނީ މި ހާދިސާ ކަށަވަރުކޮށްދީ، ބޯޓު ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުންދާ ކަމަށް ބުނެފައެވެ.
މި ހޯދުމުގެ މަސައްކަތުގައި އެހީތެރިވުމަށް އިންޑޮނީޝިއާގެ ވައިގެ ސިފައިންގެ ހެލިކޮޕްޓަރުތައް ވެސް ހަވީރު 16:25 ހާއިރު ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ބޯޓު ގެއްލުނު ކަމަށް ބެލެވޭ ބަންތިމުރުން ސަރަހައްދަކީ އުސް ފަރުބަދަތަކާއި ހޮހަޅަތައް ގިނަ، އަދި މޫސުން އަންދާޒާކުރަން އުނދަގޫ ސަރަހައްދަކަށް ވުމުން، ބޯޓު ހޯދުމުގެ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު