މާބަނޑު ދުވަސްވަރު ބޭނުންކުރާ ބޭސްތަކަކީ އަބަދުވެސް އޭގެ ސަބަބުން ބަނޑުގައި އޮންނަ ދަރިފުޅަށް ކޮށްފާނެ އަސަރަކަށްޓަކައި މައިންބަފައިންނާއި ސިއްހީ މާހިރުން ނުހަނު ފަރުވާތެރިވާ ކަމެކެވެ. ހާއްސަކޮށް ތަދުކަނޑުވުމަށާއި ހުން އައުމުން ބޭނުންކުރާ "ޕެރެސެޓަމޮލް" އާ ބެހޭގޮތުން ކުރިން ކުރެވިފައިވާ ބައެއް ދިރާސާތަކުން، މިއީ އޯޓިޒަމް ނުވަތަ އޭ.ޑީ.އެޗް.ޑީ ފަދަ ނިއުރޯޑިވެލޮޕްމަންޓަލް މައްސަލަތަކާ ގުޅުންހުރި ބޭހެއް ކަމަށް ދައްކާފައިވެއެވެ. ނަމަވެސް މިފަހުން ހެދި ދިރާސާއަކުން މި ބިރުވެރިކަން ވަނީ ވަރަށް ބޮޑަށް ކުޑަކޮށްދީފައެވެ.
ސްވިޑަންގެ ކެރޮލިންސްކާ އިންސްޓިޓިއުޓާއި އެމެރިކާގެ ޑްރެކްސެލް ޔުނިވަރސިޓީ ގުޅިގެން ކުރިއަށް ގެންދިޔަ މި ދިރާސާއަކީ މިހާތަނަށް މި މައުޟޫއަށް ކުރެވުނު އެންމެ ފުޅާ އަދި އެންމެ އިތުބާރު ހުރި އެއް ދިރާސާއެވެ. މި ދިރާސާގައި 1995 އިން 2019 އާ ދެމެދު އުފަންވި 2.4 މިލިއަނަށްވުރެ ގިނަ ކުދިންގެ މަޢުލޫމާތު ވަނީ ދިރާސާކޮށްފައެވެ. މި ދިރާސާގެ ނަތީޖާ ދާދިފަހުން ވަނީ މަޝްހޫރު ސައިންޓިފިކް ޖާނަލެއް ކަމަށްވާ "ޖާމާ" ގައިވެސް ޝާއިޢުކޮށްފައެވެ.
މި ދިރާސާގެ އެންމެ މުހިންމު އެއް ހޯދުމަކީ، މާބަނޑު ދުވަސްވަރު ޕެރެސެޓަމޮލް ބޭނުންކުރުމާއި ކުދިންގެ ފަހުގެ ހެދިބޮޑުވުމުގައި ދިމާވާ އޯޓިޒަމް ނުވަތަ އޭ.ޑީ.އެޗް.ޑީ ފަދަ މައްސަލަތަކާ ސީދާ ގުޅުމެއް ނެތްކަމެވެ.
ކުރީގެ ދިރާސާތަކުން މިފަދަ ގުޅުމެއް ފެނިފައިވަނީ، އާއިލީ ތަރުބިއްޔަތާއި، މައިންބަފައިންގެ ސިއްހީ ހާލަތާއި، އަދި ވިރާސީ (ޖެނެޓިކް) ސަބަބުތަކަށް އެކަށީގެންވާ ވަރަށް ރިއާޔަތް ނުކުރެވޭތީ ކަމަށް މި ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ. ޚާއްޞަކޮށް އެއްބަނޑު އެއްބަފާ ކުދިންގެ މެދުގައި ކުރެވުނު އަޅާކިޔުންތަކުން އެނގުނު ގޮތުގައި، މައިމީހާ ބޭސް ބޭނުންކުރި ނަމަވެސް އަދި ބޭނުން ނުކުރި ނަމަވެސް، ކުދިންނަށް ކުރިމަތިވާ ނިއުރޯޑިވެލޮޕްމަންޓަލް މައްސަލަތަކުގެ ނިސްބަތް ހުރީ އެއްވަރެއްގައެވެ.
މި ދިރާސާކުރި ފަރާތްތަކުން ބުނާ ގޮތުގައި މާބަނޑު މީހާ ހުން އައުމުން ނުވަތަ ގަދަޔަށް ތަދުވުމުން ބޭސް ނުކައި ހުރުމަކީވެސް ދަރިފުޅަށް އޭގެ ސަބަބުން ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމެކެވެ. އެހެންކަމުން، ބޭސް ބޭނުންކުރުމުގައި އޮތް ބިރުވެރިކަން ކުޑަކޮށް، ޑޮކްޓަރުންގެ ލަފާގެ މަތިން ބޭނުންވާ މިންވަރަށް ޕެރެސެޓަމޮލް ބޭނުންކުރުމަކީ ރައްކާތެރި ކަމެއް ކަމަށް ދިރާސާވެރިން ހާމަކުރިއެވެ.
މި އާ ދިރާސާއަކީ މާބަނޑު އަންހެނުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެހެންނަމަވެސް، ކޮންމެ ބޭހަކީވެސް މާބަނޑު ދުވަސްވަރު ޑޮކްޓަރެއްގެ ލަފާގެ މަތިން، ބޭނުންވާ އެންމެ މަދު މިންވަރަށް އަދި އެންމެ ކުރު މުއްދަތަކަށް ބޭނުންކުރަންޖެހޭ އެއްޗެއްކަން ހަނދާނުގައި ބެހެއްޓުން މުހިންމެވެ.

ކިޔުންތެރިންގެ ހިޔާލު