11 މީހުންނާއެކު ދަތުރުކުރަނިކޮށް ހޮނިހިރު ދުވަހު ގެއްލިފައިވާ އިންޑޮނޭޝިއާ އެއާ ޓްރާންސްޕޯޓުން އޮޕަރޭޓްކުރާ ކުޑަ މަތިންދާބޯޓު ވެއްޓިފައިވާކަމަށް ރިޕޯޓްތަށް ބުނެފިއެވެ.
ޖާވާގެ ޔޮގްޔަކާޓާއިން ފުރައިގެން ދެކުނު ސުލަވެސީގެ މަކަސާރަށް ދަތުރުކުރި މި ބޯޓުގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ އެ ގައުމުގެ ގަޑިން އިއްޔެ މެންދުރުފަހު 1:17 ގައެވެ. ބޯޓުގެ ސިގްނަލް އެންމެ ފަހުން ލިބިފައިވަނީ މަކަސާރު ކައިރީގައި އޮންނަ ފަރުބަދަވަރުގެ ސަރަހައްދަކުންނެވެ.
އިންޑޮނޭޝިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މި ބޯޓު ވެއްޓިފަވާ ކަމަށް މިހާރު ވަނީ ބެލެވިފައެވެ. މި ހާދިސާއާ ގުޅިގެން، އެ ގައުމުގެ އެއާފޯސް އާއި ފުލުހުން ހިމެނޭ ގޮތަށް ސާޗް އެންޑް ރެސްކިއު ޓީމުތަކުން މިހާރު ދަނީ މަކަސާރާ އިންވެގެން އޮންނަ މާރޯސް ރީޖެންސީގެ ފަރުބަދަވަރުގެ ސަރަހައްދުތަކުގައި ބޯޓު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތުގައި ވައިގެ މަގުންނާއި އެއްގަމު މަގުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ގެއްލުނު ބޯޓަކީ އޭޓީއާރް 42-500 މަރުކަުގެ ބޯޓެއް ކަމަށް މަޢުލޫމާތު ލިބެއެވެ. ބޯޓުގައި ތިބީ 8 ފަޅުވެރިންނާއި 3 ފަސިންޖަރުންނެވެ. އެ ފަސިންޖަރުންނަކީ އިންޑޮނޭޝިއާގެ ފިޝަރީޒް މިނިސްޓްރީގެ މުވައްޒަފުން ކަމަށް ވެސް ޚަބަރުތައް ބުނެއެވެ. މިހާތަނަށް ބޯޓުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާއިރު، އެ ސަރަހައްދުގެ މޫސުން ގޯސްވުމުގެ ސަބަބުން ހޯދުމުގެ މަސައްކަތަށް ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު