ބ. ކެންދޫގެ އެކި ސަރަހައްދުތަކުން ކޮންމެ 30 މިނެޓަކުން ކަރަންޓު ކަނޑަމުންދާތީ، ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި އެކަނިވެސް 38 ވަރަކަށް ފަހަރު ކަރަންޓުގެ ޚިދުމަތް މެދުކެނޑި ރައްޔިތުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
ކެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި، ކަރަންޓު ކަނޑަމުންދަނީ އެއްވެސް އެންގުމެއް ނެތި ކަމަށްވާތީ ގޭގޭގައި ބޭނުންކުރާ ހިފާގެންގުޅޭ ސާމާނަށް ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުންނެވެ. އޭނާ ވަނީ މި ހާލަތު ސިފަކުރައްވަމުން ކަރަންޓު ލިބެނީ "މުށި މަސް ދަށަށް ހަނދި އަންނަހެން" ކަމަށް ވިދާޅުވެ، ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
ކެންދޫއަށް ކަރަންޓުގެ ޚިދުމަތް ދޭ ފެނަކަ ކޯޕަރޭޝަނުން މިކަމާ ގުޅޭ އެއްވެސް ސާފު މަޢުލޫމާތެއް ކައުންސިލަށް ފޯރުކޮށްދީފައި ނުވާއިރު، މި މައްސަލަ ދިމާވާތާ އަށް މަސް ދުވަސް ވެފައިވާ ކަމަށް ކައުންސިލުން ބުނެއެވެ. ރަށަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިދިޔަ އަހަރުގެ އެޕްރީލް މަހު އައު ޖެނެރޭޓަރެއް ގެނައި ނަމަވެސް، ކައުންސިލް ރައީސް ވަނީ އެއީ ހަގީގަތުގައި އައު ޖެނެރޭޓަރެއްތޯ ސުވާލު އުފައްދާފައެވެ. އޭނާ ވިދާޅުވީ އެއީ އައު އެއްޗެއްނަމަ މިހާރު ދިމާވެގެން އުޅޭ މައްސަލަތައް ދިމާނުވާނެ ކަމަށެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ރަށްރަށުގައި ދިމާވާ ކަރަންޓުގެ މައްސަލަތައް ހައްލުނުވެ ދިގުލައިގެންދާ ކަމުގެ ޝަކުވާ ވަނީ ބޮޑުވެފައެވެ. ކެންދޫގެ ކަރަންޓު މައްސަލަ ހައްލުކުރަން ފެނަކައާއެކު ތަކުރާރުކޮށް މަޝްވަރާ ކުރެވުނު ނަމަވެސް، މިހާތަނަށް އެދެވޭ ނަތީޖާއެއް ފެނިފައެއް ނުވެއެވެ. މިކަމާ ގުޅޭގޮތުން ފެނަކައިގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ކާމިޔާބުވާ ގޮތެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު