މާލެ ސިޓީގެ ތަރައްޤީއަށާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތްޕުޅުގެ ސްޕީޑާ އެއްވަރަށް މަސައްކަތް ކުރާނެ މޭޔަރަކު މާލެއަށް ބޭނުންވާކަމަށް ނާއިބް ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް މިރޭ ވިދާޅުވެއްޖެއެވެ.
ނާއިބް ރައީސް ހުސެއިން މިހެން ވިދާޅުވީ ކުރިޔަށް އޮތް ލޯކަލް ކައުންސިލު އިންތިހާބުގައި މާލޭގެ މޭޔަރަކަމަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލު ކެމްޕޭން އޮފީސް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެެވެ.
ނާއިބް ރައީސް ހުސެއިން ވިދާޅުވީ، ރައީސް މުޢިއްޒުގެ ޚިދުމަތާއި އެމަނިކުފާނުގެ މަސައްކަތްޕުޅުގެ ހަލުވި މިނާ އެއްވަރަށް އެހީތެރިވެދެއްވާނެ ބޭފުޅަކު މޭޔަރުކަމަށް އައުން މުހިންމު ކަމަށެވެ. އަދި ސަރުކާރުގެ ކަންކަމަށް ހުރަސްއަޅައި، ޖަވާބުދާރީ ކުރުވާށޭ ބުނެ މަސައްކަތްތަކަށް ދަތިކުރާނެ ބަޔަކު މިއަދު ބޭނުންނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ޤާނޫނު އަސާސީގެ ދަށުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ވަކި މުއައްސަސާތަކެއް ކަނޑައަޅާފައިވާކަން ފާހަގަކުރައްވަމުން ނާއިބް ރައީސް ވިދާޅުވީ، އެކަމަށްޓަކައި ރައްޔިތުން ވަނީ އެބޭފުޅުންގެ މަންދޫބުން އިންތިޚާބުކޮށްފައި ކަމަށެވެ. އެހެންކަމުން، ސިޓީ ކައުންސިލްތަކުން ބޭނުންވަނީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ޚިދުމަތްކޮށް، ކަންކަން މަގުފަހިކޮށްދޭނެ ވެރިންތަކެއް ރައީސުލްޖުމްހޫރިއްޔާ ވެސް ބޭނުންފުޅުވާ ކަމަށް ނާއިބް ރައީސް ވިދާޅުވިއެވެ.
"މި ސިޓީގައި މައްސަލަތައް ތަންމިނަށް އެބަހުރި. ކާރުބާރު ބޮޑުވުމާއި، އަމާންކަމާއި ސުލްހަމަސަލަސްކަމުގެ މައްސަލަތައް އެބަހުރި. މާލެއަކީ ރާއްޖޭގެ ރައްޔިތުން އެންމެ ގިނައިން ޒިޔާރަތްކުރާ ތަނަށްވާއިރު، މިތަނަކީ އަމާންކަމާއެކު ހިނގާބިނގާވެ އުޅެވޭ، ދުއްވުމުގެ ހަމަތަކާއި އުސޫލުތައް ހިފެހެއްޓިފައިވާ ތަނަކަށް ވާންޖެހޭ،" ނާއިބް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން ރާވާފައިވާ ތަރައްޤީގެ މަޝްރޫޢުތަކާއި، މާލޭގެ މަގުތަކުގެ ޕާކިންގް މައްސަލަ ހައްލުކުރުން ފަދަ ކަންކަމުގައި އެންމެ ބޮޑު އެހީތެރިކަމެއް ބޭނުންވަނީ މާލެ ސިޓީގެ މޭޔަރުގެ ފަރާތުން ކަމަށެވެ. އެހެންކަމުން، ރައީސުލްޖުމްހޫރިއްޔާ މާލެއަށް ގެންގުޅުއްވާ ތަސައްވުރު ފުރިހަމަކޮށްދެއްވާނެ ފަދަ ވެރިއަކު އިޚްތިޔާރުކުރުމަށް ނާއިބް ރައީސް ރައްޔިތުންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޓިކެޓުގައި މާލެ ސިޓީގެ މޭޔަރުކަމަށް، ވާދަކުރައްވަނީ ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތުގެ ވެރިޔާ މޭޖާ ޖެނެރަލް ރިޓަޔާޑް، މޫސާ އަލީ ޖަލީލް އެވެ. ނާއިބް ރައީސް ހުސެއިން ވަނީ މޫސާ ޢަލީ ޖަލީލަކީ ގައުމަށް އިޚުލާސްތެރި ބޭފުޅެއް ކަމަށް ވިދާޅުވެ އޭނާ އަށް ވަރަށް ބޮޑަށް ތައުރީފް ކުރަށްވައި އޭނާ މާލޭގެ މޭޔަރު ކަމަށް އިންތިހާބު ކޮށްދިނުމަށް މާލޭ ސިޓީގެ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

ކިޔުންތެރިންގެ ހިޔާލު