މާލޭ ސިޓީގެ މޭޔަރުކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް، ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލަކީ "ކަތިލާ ކަންބަޅިއެއް" ކަމަށާއި، ރައީސް ޑރ. މުހައްމަދު މުއިއްޒު ހަގީގަތުގައި ބޭނުންފުޅުވަނީ އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް އެ މަގާމަށް ހޮވަން ކަމަށް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފުން ރޭ ބޭއްވި ޓައުން ހޯލް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މޫސާ އަލީ ޖަލީލަކީ ކަތިލާ ކަންބަޅިއެއް ކަމަށާއި އޭނާ އަށް މިހާރު ވެގެން އުޅޭގޮތް އެނގިވަޑައިގަންނަވަން ވާނެ ކަމަށެވެ.
"ދެން މޫސާ އަލީ ޖަލީލަށް މިހާރު އެނގިވަޑައިގަންނަވަން ވާނެ ކީއްކަން މިވީ، ޖަލީލަކީ ކަތިލާ ކަންބަޅިއެއް، މުއިއްޒު ބޭނުންވަނީ އާދަމް އާޒިމް ހޮވެން،" ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ މާލެ ސިޓީ ކައުންސިލަށް ޕީއެންސީގެ ފަރާތުން ކުރިމަތިލައިގެން އުޅޭ ކައުންސިލަރުންނަށް، މޫސާ އަލީ ޖަލީލާއެކު ފޮޓޯ ނަގައި ޕޯސްޓަރު ހަދައިގެން ނުވާނެ ކަމަށް އަންގާފައިވާ ކަމަށެވެ.
އަންނަ އޭޕްރިލް މަހުގެ ކުރީކޮޅު އޮންނަ ލޯކަލް ކައުންސިލު އިންތިޚާބާ ދިމާކޮށް، ރައްޔިތުން އެދޭ ތަރައްގީއެއް ގެނެވޭނީ ވެރިކަންކުރާ ޕީއެންސީގެ މެންބަރުން އިންތިޚާބުކޮށްގެން ކަމަށް ރައީސް ވިދާޅުވެފައިވާތީ ޔާމިން ވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެމަނިކުފާނު އެކަން ސިފަކުރެއްވީ ޑިމޮކްރަސީއަށް އަހުލުވެރިކަމެއް ނެތް، އަދި ވެރިކަމުގެ ވައްޓަފާޅިއެއް ނެތް ހުދުމުޚުތާރު ސިފައެއްގެ އަމަލެއްގެ ގޮތުގައެވެ.
"ކައުންސިލު އޮތަސް ނެތަސް ރައްޔިތުން ބޭނުންވާ ތަރައްގީ ރައްޔިތުންނަށް ގެނެސްދޭންވާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން، މޫސާ އަލީ ޖަލީލަކީ ގައުމަށް ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅަކަށް ވާއިރު، މޭޔަރުކަމަށް ވަޑައިގަތުމަށް ޕީއެންސީން އެރުވި ފުރުސަތު ގަބޫލުކުރެއްވުމުން އެކަމާ ހިތާމަކުރައްވާ ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި ޖަލީލުގެ އަގު ވެއްޓޭކަށް އެމަނިކުފާނު ނޭދޭ ކަމަށްވެސް ޔާމިން ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސް ޔާމީން ވަނީ މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށާއި، ހިންގުމުގެ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު