ކޮންމެ އިންތިޚާބަކާ ދިމާކޮށް ސަރުކާރުން އިއްވަމުންދަނީ އެއް މިއުޒިކެއްގެ އެއް ރާގުތަކެކެވެ. ރައްޔިތުންގެ ލޮލުގައި އަނދުުން އެޅުވުމަށްޓަކައި ދައުލަތުގެ ބަޖެޓަކީ ސަރުކާރު ހިންގާ ޕާޓީގެ "ކެމްޕޭން ފަންޑު" ކަމަށް ހަދައި، ބޭނުންހާ ގޮތަކަށް ފައިސާ އާއި ވަސީލަތްތައް ބޭނުންކުރުމުގެ ސަގާފަތް މިވަނީ އިންތިހާއަށް ގޮސްފައެވެ.
ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ފަހުން އައި މަޖިލިސް އިންތިޚާބާ ދިމާކޮށް ރައީސް މުޢިއްޒުގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަނުގެ އަމަލުތަކުގެ ސަބަބުން، މިއަދު ދައުލަތުގެ ބަޖެޓު މިވަނީ ބޮޑުތަނުން ޑެފިސިޓްވެ، ގައުމުގެ އިގްތިސާދު އިނދަޖެހޭ ހިސާބަށް ގޮސްފައެވެ.
ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ތަކުރާރުކޮށް އިންޒާރު ދެމުންދަނިކޮށް، އިންތިޚާބުތަކަށްޓަކައި ދައުލަތުގެ ޚަޒާނާއިން ހިންގާ އިސްރާފުތަކުގެ ނަތީޖާއަކީ މިއަދު ދިވެހި ރުފިޔާގެ އަގު ވެއްޓި، ތަކެތީގެ އަގު އިންތިހާއަށް އުފުލުމެވެ.
އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުން އެންމެ ބޮޑަށް ބޭނުންކުރާ ހަތިޔާރަކީ ވަޒީފާ ބެހުމެވެ. އެއްވެސް އުސޫލެއް ނެތް ގޮތަށް ސަރުކާރުގެ ކުންފުނިތަކަށް މީހުން ވައްދައި، ވޯޓު ކަށަވަރު ކުރުމަކީ މި ސަރުކާރުން އިންތިޚާބުތަކާ ދިމާކޮށް ހިންގި އަދި މިހާރުވެސް ހިންގާ ބޮޑު ޖަރީމާއެކެވެ.
ރިޕޯޓްތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެކަނިވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކަށް 4,000 އަށްވުރެ ގިނަ މުވައްޒަފުން ވަނީ އިތުރުކޮށްފައެވެ. މީގެ އިތުރުން، ދައުލަތުގެ ބޮޑެތި ޕްރޮޖެކްޓްތައް ބީލަމަކާ ނުލައި ސަރުކާރަށް ތާއީދުކުރާ ވިޔަފާރިވެރިންނަށާއި ގާތް މީހުންނަށް ބެހުމުގެ ސަބަބުން، ދައުލަތަށް ލިބެންޖެހޭ އެތައް މިލިއަން ރުފިޔާއެއް ވަނީ ގެއްލިފައެވެ.
މިފަދަ ކަންކަމުގެ ސަބަބުން ދައުލަތުގެ ދަރަނި މިއަދު ވަނީ ޖީ.ޑީ.ޕީގެ %110 އަށްވުރެ މައްޗަށް އަރާފައެވެ.
ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުން ކަމުގައިވާ ބޯހިޔާވަހިކަމަކީ މި ސަރުކާރުން އިންތިޚާބީ ހަތިޔާރަކަށް ހަދާފައިވާ ކަމެކެވެ. ކުރީގެ ސަރުކާރުން ދީފައިވާ ގޯއްޗާއި ފްލެޓްތަކުގެ މައްސަލައިގައި ސިޔާސީ ނުފޫޒު ފޯރުވައި، ވަކި ބަޔަކަށް މަންފާވާނެހެން ކަންކަން ބަދަލުކުރުމަކީ ރައްޔިތުންނަށް ދެވޭ ބޮޑު އަނިޔާއެކެވެ.
ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބުވެސް ސަރުކާރު ހިންގާ ޕާޓީއަށް ދިނުމުން ރައްޔިތުން އުއްމީދުކުރީ ފުދުންތެރި ދިރިއުޅުމަކަށެވެ. ނަމަވެސް މިއަދު ފެންނަނީ ރައްޔިތުން ހައްތަހާ ނިކަމެތިވެ، ސަރުކާރުގެ އިސްވެރިންގެ ޖީބުތައް ބޮޑުވަމުންދާ މަންޒަރެވެ. ދުނިޔޭގެ ތާރީޚަށް ބަލާއިރު، ސްރީލަންކާ ފަދަ ގައުމުތަކަށް ޖެހުނު ހާލަކީވެސް އިންތިޚާބުތަކާ ދިމާކޮށް ރައްޔިތުން ރުއްސުމަށްޓަކައި ދައުލަތުގެ އާމްދަނީއަށް ނުބަލައި ހިންގި ސިޔާސީ ޕްރޮޖެކްޓްތަކުގެ ނަތީޖާއެވެ.
ކައުންސިލް އިންތިޚާބަށް އަމާޒުކޮށް ސަރުކާރުން މިހާރު ފަށާފައިވާ "ޕްރޮޖެކްޓްތަކުގެ އޮހޭ ކަނޑަކީ" ހަގީގަތުގައި ރައްޔިތުންގެ ލޮލުގައި އަޅުވާ ކަނދުލެކެވެ. މިއީ ހަމައެކަނި ވޯޓު ހޯދުމަށް ކުރާ ކަމެއްކަން ސާފުވަނީ، އިންތިޚާބު ނިމުމާއެކު މިފަދަ ގިނަ މަޝްރޫއުތައް ހުއްޓި، ބަޖެޓު ނެތްކަމުގެ އުޒުރު ދައްކަން ފަށާނެތީއެވެ.
ސަރުކާރުން އިންތިޚާބީ ރިޝްވަތުގެ އުކުޅުތައް ބޭނުންކޮށްގެން ބާރުތައް މުށުތެރެއަށްލާ އިރު، ގައުމުގެ މިނިވަންކަމާއި އިގްތިސާދީ ސިޔާދަތު މިއަދު ވަނީ ސުވާލު މާކެއްގެ ތެރޭގައެވެ. ކޮންމެ އިންތިޚާބަކާ ދިމާކޮށް ބަހާ ވަޒީފާތަކާއި، ދޭ ފައިސާގެ އެހީއަކީ ވަގުތީ އުފަލެއް ކަމުގައި ވިޔަސް، ދާއިމީކޮށް މިކަމުގެ ހިތި ނަތީޖާ ތަހައްމަލު ކުރަންޖެހެނީ ހަމަ ނިކަމެތި ރައްޔިތުންނެވެ.

ކިޔުންތެރިންގެ ހިޔާލު