ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމުގެ މުއްދަތު ހަމަވެފައިވާ ވޯކް ސައިޓުތައް އަލުން ރަޖިސްޓްރީކުރަން ހޯމްލޭންޑް މިނިސްޓްރީން އަންގައިފިއެވެ.
ހޯމްލޭންޑް މިނިސްޓްރީން އިއްޔެ ނެރެފައިވާ އިޢުލާނުގައި ބުނެފައިވަނީ، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަތައް ދޫކުރުމާއި، ބިދޭސީންގެ ކަންކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމަށް އެ މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީން ގެނައުމަށް ޕްރޮޖެކްޓް އުސޫލުން، ރަޖިސްޓަރީ ކޮށްފައިވާ ވޯކް ސައިޓްތަކުގެ ތެރެއިން، ޕްރޮޖެކްޓްގެ މުއްދަތު ހަމަވެފައިވާ ކަމަށް އެކްސްޕެޓް ސިސްޓަމްގެ ރެކޯޑްތަކުން ދައްކާ ވޯކް ސައިޓުތައް "ޕެންޑިން ކްލިއަރެންސް" ސްޓޭޓަސްއަށް ބަދަލުކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ
އަދި ރަޖިސްޓަރީ ކޮށްފައިވާ ވޯކް ސައިޓްތަކުގެ ތެރެއިން، ކޯޓާއެއް ނުނަގައި އެއް އަހަރު ދުވަހަށްވުރެ އިތުރު ވެފައިވާ ވޯކް ސައިޓްތައް 2026 ޖަނަވަރީ 25 ވަނަ ދުވަހުން ފެށިގެން "އިން-އެކްޓިވް" ސްޓޭޓަސްއަށް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ބަދަލުކުރެވޭނެ ކަމަށްވެސް މިނިސްޓްރީގެ އިއުލާނުގައިވެއެވެ.
މިނިސްޓްރީން ވަނީ، މުއްދަތު ހަމަވެފައިވާ ވޯކް ސައިޓުތައް އަލުން އެކްޓިވޭޓް ކުރުމަށް މުއްދަތު ހަމަވެފައިވާ ލިޔެކިޔުންތައް އާ ކުރުމަށްފަހު، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް، ވޯކް ސައިޓުގެ ޑޮކިއުމަންޓް އަޕްޑޭޓް ކުރުމަށް ވަޒީފާދޭ ފަރާތްތަކަށް އިލްތިމާސް ކޮށްފައެވެ.
މިނިސްޓްރީން މިހެން ބުނެފައިވާއިރު، ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އަދި ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވެސް މިހާރު ވަނީ ފަށާފައެވެ. ހަމައެއާއެކު ޤަވާއިދާ ޚިލާފަށް "އޯޕަން ވިޒާ"ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ ޢަދަދު އިތުރުވަމުންދާކަން އިމިގްރޭޝަނުން ވަނީ ފާހަގަ ކޮށްފައެވެ.
އޭގެއިތުރުން މި ސަރުކާރުން މިހާތަނަށް، ކުރަނގި އޮޕަރޭޝަންގެ ދަށުން 202،000 ބިދޭސީއެއްގެ މަޢުލޫމާތު ހޯދައި، ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން 9،697 އަށް ވުރެ ގިނަ މީހުން ވަނީ ޑީޕޯޓުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު