ދިވެހިރާއްޖޭގެ ކުޅިވަރުގެ ތާރީޚާ ނުހަނު ބޮޑަށް ގުޅިފައިވާ ގަލޮޅު ރަސްމީ ދަނޑު އުވާލައި، ރާއްޖޭގެ ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް ހުޅުމާލޭ ފޭސް އެކެއްގައި ތަރައްގީކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
ރާއްޖޭގެ މީޑިއާއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުން ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިއު ވިދާޅުވީ، ސަރުކާރުގެ މިހާރުގެ ސިޔާސަތަކީ ބައިނަލްއަގްވާމީ ކުޅިވަރުގެ ރައްކާތެރި މިންގަނޑުތަކަށް ފެތޭ ގޮތަށް ހުޅުމާލޭ ފޭސް އެކެއްގައި އާ ގައުމީ ސްޓޭޑިއަމް އިމާރާތް ކުރުން ކަމަށެވެ.
މި ނިންމުން ނިންމަންޖެހުނު މައިގަނޑު ސަބަބުތައް ހާމަކުރައްވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، ގަލޮޅު ދަނޑަކީ މިހާރުގެ ބައިނަލްއަގްވާމީ މިންގަނޑުތަކަށް ބަލާއިރު، އިންޓަނޭޝަނަލް ސްޓޭޑިއަމެއްގެ ސިފައިގައި ތަރައްޤީ ކުރަން އެންމެ އެދެވޭ ތަނެއް ނޫން ކަމަށެވެ.
ޚާއްޞަކޮށް ސޭފްޓީ އާއި ސެކިއުރިޓީގެ އިތުރުން، ޓްރެފިކާއި ޕާކިންގެ މައްސަލަތަކަށް ބަލާއިރު، ގިނަ އަދަދެއްގެ އާންމު ރައްޔިތުން ދިރިއުޅޭ މާލޭގެ މެދުގައި އެފަދަ ތަނެއް އޮތުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އެހެންނަމަވެސް ގަލޮޅު ދަނޑު ތަޅާލުމަށް ފަހު އާންމުންނަށް ފަސޭހައިން ވަދެނުކުމެވޭ ގޮތަކަށް އޮންނަ ތަނެއްގެ ގޮތުގައި ތަރައްގީ ކުރަށްވާނެ ކަމަށް ރާފިއު ވަނީ ވިދާޅުވެފައެވެ.
ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ގައުމީ ފުޓްބޯޅަ ސްޓޭޑިއަމް ހުޅުމާލޭގައި ތަރައްގީކުރަން ސަރުކާރުން ނިންފާއިވާއިރު، އައު ސްޓޭޑިއަމް އެޅުމަށް ހުޅުމާލޭ ފޭސް އެކަކުން މިހާރު ވަނީ ބިމެއް ކަނޑައަޅާފައެވެ.
ސަރުކާރުން މިގޮތަށް ނިންމާފައިވާއިރު، ކުރީ ސަރުކާރުގައި ގަލޮޅު ދަނޑު ތަރައްގީ ކުރުމަށްޓަކައި އިންޑިއާގެ ލޯން އެހީގެ ތެރެއިން 55 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސާފައިވާ ކަމަށް އޭރުގެ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޙްލޫފް ވަނީ ވިދާޅުވެފައެވެ.
ގަލޮޅު ދަނޑަކީ ރާއްޖޭގައި ކުޅޭ ބައިނަލްއަގުވާމީ ފުޓުބޯޅަ މެޗުތަކާއި ރާއްޖޭގެ ފުރަތަމަ ޑިވިޜަންގެ މެޗުތައް މިދިޔަ ފަންސާހަކަށް އަހަރުވަންދެން ކުޅުނު ރަސްމީ ދަނޑެވެ.

ކިޔުންތެރިންގެ ހިޔާލު