ކުރީގެ ސަރުކާރުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ފެށި މަޝްރޫޢުތަކަށް ފާޑުކިޔައި، އެއީ "ކާށިދޫ ކަނޑުން ގޯތި ދިނުން" ކަމަށް ސިފަކުރި ފަރާތްތަކުން މިއަދު އަމަލުކުރަމުންދާ ގޮތާމެދު މަޝްހޫރު އިގްތިސާދީ މާހިރު، މުހައްމަދު ނަސީމް ސުވާލު އުފައްދައިފިއެވެ.
ނަފާ ނަސީމް މިހެން ވިދާޅުވީ، ކުރީ ސަރުކާރުން ގިރާވަރުފަޅާއި، ގުޅީފަޅު އަދި ހުޅުމާލެއިން ގޯތި ދޭން އިއުލާނު ކުރުމުން، އޭރުގެ އިދިކޮޅު ފަރާތްތަކުން އެއީ ވުޖޫދުގައި ނެތް ތަންތަނުން ގޯތި ދިނުން ކަމަށް ބުނުމަށް ފަހު، ހަމަ އެފަދަ މަޝްރޫޢެއް މިވެރިކަމުގައި އިޢުލާނު ކޮށްފައިވާތީ އެކަމަށް ރައްދު ދެއްވުމުގެ ގޮތުންނެވެ.
ނަސީމް ވިދާޅުވީ، އެންމެ ބޮޑަށް މަކަރުހަދާ މީހުން މަކަރާ ގުޅޭ ދީނީ އާޔަތްތައް ލިޔުނު ކަމުގައި ވިޔަސް، ރައްޔިތުންނަށް ކަންކަން އޮޅުވާ ނުލެވޭނެ ކަމަށެވެ. އަދި ދީނީ ކަންކަން ސިޔާސީ ހަތިޔާރަކަށް ހަދައިގެން މަންފާއެއް ނުލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެއެވެ.
އޭގެއިތުރުން ސަރުކާރުގެ ނިންމުންތަކާއި ކުރިން ދައްކާފައިވާ ވާހަކަތައް ދިމާނުވުމަކީ ރައްޔިތުންގެ އިތުބާރު ގެއްލިގެންދާނެ ކަމެއްގެ ގޮތުގައި ނަސީމް ސިފަކުރެއްވިއެވެ. އަދި ކުރީގެ ސަރުކާރުން ފެށި މަޝްރޫޢުތަކަކީ "ކަނޑުން ގޯތި ދިނުން" ކަމަށް ބުނި ބަޔަކު، މިއަދު ހަމަ އެ މަޝްރޫޢުތައް ކުރިއަށް ގެންދާތީ ނަސީމް ސުވާލު އުފެއްދެވިއެވެ.
"ކުރީ ސަރުކާރުން ގޯތިދޭން އިއުލާނުކުރީމާ އޭރުގެ އިދިކޮޅުންގޮވީ ކާށިދޫކަނޑުން ގޯތިދެނީއޭ. ވުޖޫދުގަނެތްތަނަކުން ގޯތިދެނީއޭ. މިއަދު އެމީހުންގެ ސަރުކާރުން އިއުލާނުކުރީ ކިހިނެއް ކޮންތާކުން ގޯތިދޭންތޯ؟ އެންމެ ބޮޑަށް މަކަރު ހަދާ މީހުން މަކަރާ ގުޅޭ އާޔަތް ލިޔުނަސް އޮޅުވައެއް ނުލެވޭނެ." ނަސީމް ވިދާޅުވިއެވެ.
ނަސީމް މިހެން ވިދާޅުވެފައިވާއިރު، މި ސަރުކާރުންވެސް މިހާރުވަނީ، މިހާތަނަށް ނުހިއްކާ އޮތް ފަޅަކުން ގޯތި ދިނުމަށް އިޢުލާނު ކޮށްފައެވެ. އަދި ވުޖޫދުގައި ނުވާ ފްލެޓްތަކަކަށް ކުރިމަތި ލުމަށްވެސް މިސަރުކާރުން އިޢުލާނު ކޮށްފައިވެއެވެ.
މިއީ ސިޔާސީ ގޮތުން ރައްޔިތުންނަށް އޮޅުވާލުމެއްގެ ގޮތުގައި މީސްމީޑިއާގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު