ޕައިނިއާ މޯލްޑިވްސް އާއި އައިލެންޑް ހެލްތު ސޮލިއުޝަންސް ކުންފުނިން ގަސްދުގައި ޓެކުހަށް މަކަރު ހަދާފައިވާ ކަމަށް ތުހުމަތުކޮށް ދެ ޑޮކްޓަރެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި އެވެ.
މީރާއިން ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވަނީ ދެ ކުންފުނީގެ ވެސް ޑިރެކްޓަރ ޑރ. އިކްލީލް ޝަރީފް އަދި އައިލެންޑް ހެލްތް ސޮލިއުޝަންސްގެ ޑިރެކްޓަރ ޑރ. އަލީ އަބްދުالله ލަތީފެވެ.
މީރާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ޕީސީއާރް ޓެސްޓު ކުރުމުގެ ޚިދުމަތް އެންމެ ފުޅާދާއިރާއެއްގައި ދިން ފަރާތްތަކުގެ ތެރޭގައި ހިމެނޭ މި ފަރާތްތަކުން، އާމްދަނީ ޓެކްސް ބަޔާންތަކުގައި ހަގީގީ އާމްދަނީއަށްވުރެ ބޮޑުތަނުން ދަށް އަދަދުތަކެއް ރިޕޯޓުކޮށްފައިވާކަން ތަހުގީގަށް ހާމަވެފައިވާ ކަމަށެވެ. އެގޮތުން، 2020 އިން 2022 އާ ދެމެދު އައިލެންޑް ހެލްތް ސޮލިއުޝަންސްގެ ދަށުން ހިންގާ "ޕާލް މެޑިކަލް ސެންޓަރު" މެދުވެރިކޮށް ދިން ޚިދުމަތްތަކުން ލިބުނު ފުރިހަމަ އާމްދަނީ ރިޕޯޓުކޮށްފައި ނުވާކަން މީރާއިން ފާހަގަކުރެއެވެ. މީގެ އިތުރުން، ޕައިނިއާ މޯލްޑިވްސްއިން ޓޫރިސްޓް ފެސިލިޓީތަކަށާއި އާންމުންނަށް ޕީސީއާރް ޓެސްޓިންގެ ޚިދުމަތް ދީގެން ލިބުނު ބޮޑު އާމްދަނީ ވެސް މާލީ ހިސާބުތަކާއި ޓެކްސް ބަޔާންތަކުގައި ހިމަނާފައެއް ނުވެއެވެ.
މީރާއިން ބުނި ގޮތުގައި، 2021 ވަނަ އަހަރު ލިބުނު ބޮޑު އާމްދަނީން ދައްކަންޖެހޭ ޓެކްސް ކުޑަކުރުމުގެ ނިޔަތުގައި، 'ކޮސްޓް އޮފް ސޭލްސް' އާއި އިދާރީ ހަރަދުތަކުގެ ގޮތުގައި ސައްހަ ނޫން އަދަދުތަކެއް އުނިކޮށްފައިވާކަން ވެސް ވަނީ ފާހަގަކުރެވިފައެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، އައިލެންޑް ހެލްތް ސޮލިއުޝަންސް އިން 31.9 މިލިއަން ރުފިޔާ އަދި ޕައިނިއާ މޯލްޑިވްސް އިން 102.7 މިލިއަން ރުފިޔާގެ އާމްދަނީ ޓެކްސް ބަޔާންތަކުގައި ހިމަނާފައި ނުވާ ކަމަށް މީރާ އިން ބުންޏެވެ.
މި މައްސަލައިގެ ތަހުގީގަށްފަހު ހެދި އޮޑިޓުތަކުން، އައިލެންޑް ހެލްތް ސޮލިއުޝަންސް އިން 4.3 މިލިއަން ރުފިޔާ އަދި ޕައިނިއާ މޯލްޑިވްސް އިން 23.7 މިލިއަން ރުފިޔާ އިތުރަށް ދައްކަންޖެހޭ ކަމަށް ކަނޑައަޅައި، އެ ފައިސާ ދެއްކުމަށް ވަނީ އަންގާފައެވެ.
މި މައްސަލައިގައި އިސްކޮށް ހަރަކާތްތެރިވި ޑރ. އިކްލީލް ޝަރީފާއި ޑރ. އަލީ އަބްދުﷲ ލަތީފްގެ އިތުރުން، އެނގިހުރެ ސައްހަ ނޫން މައުލޫމާތު ހިމަނައިގެން މާލީ ހިސާބުތަކާއި ޓެކްސް ބަޔާންތައް ތައްޔާރުކޮށްދިން ކަމުގެ ތުހުމަތުގައި އަލީ ފަޔާޒުގެ މައްޗަށް ވެސް ދައުވާކޮށްދިނުމަށް މީރާއިން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު