މިހާރުގެ ސިޔާސީ މަޝްރަހުގައި އެންމެ ހޫނުވެފައިވާ އެއް މައްސަލަ ކަމަށްވާ ޗާގޯސްގެ މިލްކުވެރިކަމާ ގުޅޭގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން ވަނީ ވަރުގަދަ ބަޔާނެއް ދެއްވާފައެވެ.
އިނގިރޭސިވިލާތުގެ ޓެބްލޮއިޑެއް ކަމަށްވާ "އެކްސްޕްރެސް" އަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ވިދާޅުވީ، ޗާގޯސް ނުވަތަ ދިވެހިން ކިޔާ ގޮތުން ނަމަ ފޯޅަވަހީގެ މައްޗަށް އެންމެ ބޮޑު ހައްގަކާއި އައުލާކަމެއް އޮތީ ދިވެހިރާއްޖެއަށް ކަމަށެވެ. އިނގިރޭސި ސަރުކާރުން އެ އަތޮޅު މޮރިޝަސްއާ ހަވާލުކުރަން ނިންމާފައިވާ ނިންމުމާ ގުޅިގެން ރާއްޖޭގެ ކަންބޮޑުވުންތައް ރަސްމީކޮށް ސިޓީއަކުން ހިއްސާކޮށްފައިވާނެ ކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި ޗާގޯސް އާއި ރާއްޖެއާ ދެމެދު އޮތީ ހަމައެކަނި ޖިއޮގްރަފީ ގުޅުމެއް ނޫނެވެ. އެއީ ތާރީހީ ގޮތުންވެސް ދިވެހިންނާ ގުޅިފައިވާ ތަނެކެވެ. ރާއްޖެއާ ޗާގޯސްއާ ދެމެދު ހުރީ އެންމެ 310 މޭލު ކަމަށްވާއިރު، މޮރިޝަސް އޮންނަނީ އެތަނާ 1,300 މޭލު ދުރުގައެވެ. މީގެ އިތުރުން، ޗާގޯސް އިން ފެނިފައިވާ 900 އަހަރުވީ ދިވެހި ބަހުން ލިޔެފައިވާ މަހާނަގާތަކަކީ، މޮރިޝަސްގައި މީހުން ވަޒަންވެރިވުމުގެ އެތައް ގަރުނެއް ކުރިން ދިވެހިން އެތަނާ ގުޅުން ބޭއްވި ކަމުގެ ވަރުގަދަ ހެއްކެކެވެ. މޮރިޝަސްގައި މީހުން ވަޒަންވެރިވާން ފެށީ 17 ވަނަ ގަރުނުގައި ކަމަށްވީ ނަމަވެސް، ރާއްޖޭގައި މީހުން އުޅޭތާ 2,500 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
މި މައްސަލައިގެ ތާރީހަށް ބަލާއިރު، 2019 ވަނަ އަހަރު އައިސީޖޭ އިން ވަނީ ޗާގޯސްގެ މައްޗަށް އޮތް އިނގިރޭސިވިލާތުގެ ބާރު ނިމުމަކަށް ގެނެސް، އެތަން މޮރިޝަސްއާ ހަވާލުކުރަން ލަފާދީފައެވެ. އެއަށްފަހު، ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލަ އިޓްލޮސް އަށް ހުށަހެޅި، ކަނޑުން ބައެއް ވަނީ ބަހާލާފައެވެ. މި ނިންމުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ރައީސް މުއިއްޒު ތުހުމަތު ކުރައްވައެވެ. އެމަނިކުފާނު ވިދާޅުވީ ކުރީގެ ސަރުކާރުން މިކަމުގައި އިހުމާލުވެފައިވާ ކަމަށާއި، ގެއްލުނު ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
ދުނިޔޭގެ ބޮޑެތި ބާރުތަކުންވެސް މި މައްސަލައަށް މިހާރު ދަނީ ސަމާލުކަން ދެމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އިނގިރޭސިވިލާތުން ޗާގޯސް ދޫކޮށްލަން ނިންމި ނިންމުމަކީ "ގަމާރު ނިންމުމެއް" ކަމަށް ވިދާޅުވެ އެކަމަށް ފާޑުވިދާޅުވެފައެވެ. ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އިނގިރޭސި ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކުގެ ހުރިހާ ތަފްސީލެއް މިވަގުތު ހާމަކުރެވެން ނެތް ނަމަވެސް، ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް އޮތުމުގެ ހައްގު ބޮޑުކަން ދިވެހި ސަރުކާރުން ދަނީ ތަކުރާރުކޮށް ވަކާލާތު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު