އައްޑޫގައި ހަރަކާތްތެރިވާ ފުލުހުންތަކެއް
އައްޑޫގައި ހަރަކާތްތެރިވާ ފުލުހުންތަކެއް
އައްޑޫ ސިޓީ ހިތަދޫގެ މަގުމަތީގައި ހުރި މީހެއްގެ ގައިގައި ޖަހާ މާރާމާރީ ހިންގި މައްސަލަ އެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން މިރޭ މީޑިޔާ ތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ ހިތަދޫ ނޫރާލީ މަގުން ސަައިކަލެއްގައި ދިޔަ މީހަކު އެ މަގުގެ އެއް ފަރާތުގައި މަޑުކޮށްލައިގެން ހުރި މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މި މާރާމާރީގައި ތޫނު އެެއްޗަކުން ހަމަލާދީފައި ނުވާ ކަމަށްވެސް ފުލުހުން ބުނެއެވެ އަދި އެއްވެސް މީހަކަށް ބޭރު ފުށުން އަނިޔާއެއް ޒަހަމެއް ވެފައި ނުވާ ކަމަށްވެސް ފުލުހުން މައުލޫމާތުދެއެެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު