ދިވެހިބަސް އުނގަންނައި ދެއްވުމާއި ބަސް ކުރިއެރުވުމުގައި ދިގު މުއްދަތަކު ޚިދުމަތް ކޮށްދެއްވި އާމިނަތު ޙަސަން (އައިންތު މިސް) އަވަހާރަވުމުގެ ހިތާމައިގާ އެ ޢާއިލާއަށް ރައީސް ޑރ. މުޢިއްޒު ތައުޒިޔާ ފޮނުއްވައިފިއެވެ.
މީސްމީޑިއާގައި މިއަދު ޙިއްސާކުރެއްވި މެސެޖެއްގައި ރައީސް ވިދާޅުވީ، އައިންތު މިސް އަކީ ދިވެހިބަސް އުނގަންނައި ދެއްވުމާއި ބަސް ކުރިއެރުވުމުގައި ދިގު މުއްދަތަކު ޚިދުމަތް ކޮށްދެއްވި ކަނބަލެއް ކަމަށެވެ. އެހެންކަމުން އައިންތު މިސްގެ ޢާއިލާއަށާއި، ތަޢުލީމާއި ބަހާއި އަދަބިއްޔާތުގެ ދާއިރާގައި މަސައްކަތް ކުރަށްވާ ހުރިހާ ބޭފުޅުންނަށް ރައީސް ވަނީ ތަޢުޒިޔާ ދަންނަވާފައެވެ.
"މަރްޙޫމާ އާމިނަތު ޙަސަނަށް މާތްﷲގެ ތަނަވަސް ރަޙްމަތް މިންވަރުކުރައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ދުޢާކުރަން. އާމީން." ރައީސްގެ މެސެޖުގައިވެއެވެ.
އުމުރުން 58 އަހަރުގައި އައިންތު މިސް އަވަހާރަވީ މިއަދު ހެނދުނު އައިޖީއެމްއެޗްގައި ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
އައިންތު މިސް ވަނީ، ތަޢުލީމީ ދާއިރާގައި 34 އަހަރު ޚިދުމަތް ކުރަށްވާފައެވެ. ހަމައެއާއެކު އައިންތު މިސް ވަނީ މީޑިއާ ކައުންސިލްގެ މެމްބަރުކަމާއި، އެސެޓް ރިކަވަރީ ކޮމިޝަންގެ މެމްބަރުކަންވެސް ކުރަށްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު