ކައުންސިލްތަކުން ސަރުކާރަށް އެއްބާރުލުންދޭ ކަމަށާއި، ސަރުކާރުން ރަށްރަށުގައި މަޝްރޫޢުތަކުގެ ބިންގާއަޅަނީ ކައުންސިލުން ބިން ކަނޑައެޅުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ ކުރީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޢަލީ ނިޔާޒް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަނީ ކައުންސިލްތަކަކީ ރައީސް އޮފީހުން އަންގާ އެންގުންތައް އެކަނި ތަންފީޒު ކުރާ އިދާރާއަކަށް ހެދުމަށް ކަމަށެވެ. ނަމަވެސް އެއީ އެކަން ހިނގާނެގޮތް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު ޢަލީ ނިޔާޒް ވިދާޅުވީ، ކައުންސިލްތަކުން ސަރުކާރަށް އެއްބާރުލުން ނުދޭ ކަމަށްބުނެ ރައީސް ޑރ. މުއިއްޒު ކައުންސިލަރުންގެ ބޮލުގައި ދޮގު އިލްޒާމު އަޅުވައި، ކައުންސިލަރުންގެ އަގު ވައްޓާލުމަށް މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް ސަރުކާރުން ރަށްރަށުގައި މަޝްރޫޢުތަކުގެ ބިންގާއަޅަނީ ކައުންސިލުން ބިން ކަނޑައެޅުމުން ކަމަށާއި ކައުންސިލްތަކުން ސަރުކާރަށް އެއްބާރުލުން ދޭކަމަށް ނިޔާޒް ވިދާޅުވެފައިވެއެވެ.
"ތަރައްޤީގެ މަޝްރޫޢޫތައް ނުހިނގި ހުރީ ކައުންސިލްތަކުން ބިންތައް ނުދީގެންނޭ. އަދި އެކަން ހައްލުވާނީ ސަރުކާރުގެ ކެންޑިޑޭޓުން އައިސްގެންނޭ. ނަމަވެސް އެއީ އެހެން އޮތްކަމެއް ނޫންކަން." ނިޔާޒް ވިދާޅުވިއެވެ.
ހަމައެއާއެކު ޢަލީ ނިޔާޒް ވިދާޅުވީ، ކައުންސިލްތަކަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އޮފީހުން އަންގާ އެންގުންތައް އެކަނި ތަންފީޒު ކުރަން އޮންނަތަނެއްގެ ގޮތުގައި ހެދުމަށް އިސްވެ ހުންނެވީ ރައީސް މުއިއްޒު ކަމަށާއި، ދެން ހުންނެވީ ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ކަމަށެވެ. ނަމަވެސް ގާނޫނުގައި ކައުންސިލްތަކަކީ ކޮބައިކަން ވަރަށް ރަނގަޅަށް ކަނޑައެޅިފައި އެބައޮތް ކަމަށް ނިޔާޒް ވަނީ މިއަދު ވިދާޅުވެފައެވެ.
އަދި ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ ބަދަލުތަކަށް އިޝާރާތް ކުރަށްވަމުން، މިސަރުކާރާއެކު ކައުންސިލްގެ މަސައްކަތްތަކަށް ހުރަސްއަޅައި، އެއް އަހަރު މަސައްކަތް ނުކުރެވޭ ގޮތަށް ގާނޫނު ބަދަލު ކޮށްފައިވާ ކަމަށްވެސް ނިޔާޒް މިއަދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިއަދު މިފާހަގަކުރީ ސަރުކާރުގެ ފަރާތުން ކައުންސިލްތަކުގެ އަގު ވައްޓާލުމަށްޓަކައި ކުރިއަށްމިއޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އެބޭފުޅުން ރައްޔިތުންނަށްދޭ ބައެއް މެސެޖްތަކަށް އަޅުގަނޑުމެން މި ރައްދުދެނީ. މިސާލަކަށް ތަރައްޤީގެ މަޝްރޫޢޫތައް… pic.twitter.com/3epeFWcA1e
— MDP Secretariat (@MDPSecretariat) January 22, 2026
ހަމައެއާއެކު ޢަލީ ނިޔާޒް ވިދާޅުވީ، ކައުންސިލްތަކަކީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ އޮފީހުން އަންގާ އެންގުންތައް އެކަނި ތަންފީޒު ކުރަން އޮންނަތަނެއްގެ ގޮތުގައި ހެދުމަށް އިސްވެ ހުންނެވީ ރައީސް މުއިއްޒު ކަމަށާއި، ދެން ހުންނެވީ ލޯކަލް ގަވަރމަންޓް މިނިސްޓަރު އާދަމް ޝަރީފް ކަމަށެވެ. ނަމަވެސް ގާނޫނުގައި ކައުންސިލްތަކަކީ ކޮބައިކަން ވަރަށް ރަނގަޅަށް ކަނޑައެޅިފައި އެބައޮތް ކަމަށް ނިޔާޒް ވަނީ މިއަދު ވިދާޅުވެފައެވެ.
އަދި ލާމަރުކަޒީ ޤާނޫނަށް ގެނެސްފައިވާ ބަދަލުތަކަށް އިޝާރާތް ކުރަށްވަމުން، މިސަރުކާރާއެކު ކައުންސިލްގެ މަސައްކަތްތަކަށް ހުރަސްއަޅައި، އެއް އަހަރު މަސައްކަތް ނުކުރެވޭ ގޮތަށް ގާނޫނު ބަދަލު ކޮށްފައިވާ ކަމަށްވެސް ނިޔާޒް މިއަދު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު