ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް ކުރިމަތިލާ ކެންޑިޑޭޓުންގެ އެޕްލިކޭޝަންތައް ބަލައިގަތުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަސް ދުވަހުގެ މުއްދަތެއް ނަގާތީ، އެކަމުގެ ކަންބޮޑުވުން އެމްޑީޕީގެ ކެންޕެއިން ތަރުޖަމާނުގެ ނައިބް ޙުސައިން ޙަސަން ފާޅުކުރަށްވައިފިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޙުސައިން ވިދާޅުވީ، ކުރިއަށް އޮތް ކައުންސިލް އިންތިޚާބަށް އެޕާޓީން ވަމުންދާ ތައްޔާރީތަކުގެ ތެރެއިން މިވަގުތު އެންމެ އިސްކަމެއްދީގެން ކުރިއަށްދަނީ ކެންޑިޑޭޓުންގެ އެޕްލިކޭޝަން ހުށަހެޅުމުގެ މަސައްކަތް ކަމަށެވެ. ނަމަވެސް، އޮންލައިން ނިޒާމެއްގެ ތެރެއިން ހުށަހަޅާ ފޯމުތައް ބަލައިގަތުމަށް އީސީން ގިނަ ދުވަސްތަކެއް ހޭދަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ.
"އޮންލައިންކޮށް އީފާސް މެދުވެރިކޮށް ހުށަހެޅީމާ އެކަމަށް 5 ދުވަހުގެ މުއްދަތު ނަގައިގެން ނުވާނެ. ވަގުތުން ދުވަހުން ދުވަހަށް އެ އެޕްލިކޭޝަންތައް ބަލައިގަނެވެން އެބަޖެހޭ." ޙުސައިން ވިދާޅުވިއެވެ.
ހަމައެއާއެކު ޙުސައިން ވިދާޅުވީ، ހުށަހަޅާ އެޕްލިކޭޝަނެއްގައި އެއްވެސް މައްސަލައެއް އުޅޭނަމަ، އެކަން ލަސްނުކޮށް އެ ދުވަހުން ދުވަހަށް ކެންޑިޑޭޓަށް އަންގަންޖެހޭނެ ކަމަށެވެ. މިގޮތަށް ކަންތައް ކުރުމަކީ އިންތިޚާބުގެ ކަންކަން އިންސާފުވެރިކަމާއި އަވަސްކަމާއެކު ކުރިއަށް ގެންދިއުމަށް މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީން ކައުންސިލް އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ބާރުސްޕީޑުގައި ކުރިއަށްދާއިރު، އިދާރީ ގޮތުން ކުރިމަތިވާ މިފަދަ ލަސްތަކުގެ ސަބަބުން ކެންޑިޑޭޓުންނަށާއި ޕާޓީއަށް ދަތިތަކާ ކުރިމަތިވާކަމަށް ޙުސައިންގެ ވާހަކަފުޅުގައި މިއަދު ފާހަގަކުރެއްވިއެވެ.
އެމްޑީޕީން މިއަދު ބުނީ، ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާ އަންނަ މަހު 12 ގައި ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިއަދު ޕްރެސް ކޮންފަރެންސްގައި އަޅުގަނޑުމެން މިދެއްކީ ކުރިއަށްއޮތް ކައުންސިލް އިންތިޚާބަށް ޕާޓީން ވަމުންދާ ތައްޔާރީތަކުގެ ވާހަކަތައް. އެގޮތުން އަޅުގަނޑުމެންގެ ޕާޓީން މިވަގުތު މިދަނީ އެޕްލިކޭޝަން ހުށަހެޅުމުގެ މަސައްކަތް ކުރަމުން. އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަންއިން… pic.twitter.com/iojg19dRIN
— MDP Secretariat (@MDPSecretariat) January 22, 2026
ހަމައެއާއެކު ޙުސައިން ވިދާޅުވީ، ހުށަހަޅާ އެޕްލިކޭޝަނެއްގައި އެއްވެސް މައްސަލައެއް އުޅޭނަމަ، އެކަން ލަސްނުކޮށް އެ ދުވަހުން ދުވަހަށް ކެންޑިޑޭޓަށް އަންގަންޖެހޭނެ ކަމަށެވެ. މިގޮތަށް ކަންތައް ކުރުމަކީ އިންތިޚާބުގެ ކަންކަން އިންސާފުވެރިކަމާއި އަވަސްކަމާއެކު ކުރިއަށް ގެންދިއުމަށް މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އެމްޑީޕީން ކައުންސިލް އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ބާރުސްޕީޑުގައި ކުރިއަށްދާއިރު، އިދާރީ ގޮތުން ކުރިމަތިވާ މިފަދަ ލަސްތަކުގެ ސަބަބުން ކެންޑިޑޭޓުންނަށާއި ޕާޓީއަށް ދަތިތަކާ ކުރިމަތިވާކަމަށް ޙުސައިންގެ ވާހަކަފުޅުގައި މިއަދު ފާހަގަކުރެއްވިއެވެ.
އެމްޑީޕީން މިއަދު ބުނީ، ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ކެމްޕެއިން ލޯންޗުކުރުމުގެ ޖަލްސާ އަންނަ މަހު 12 ގައި ބާއްވަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު