ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު: އޭނާ ވަނީ މަގާމުން ވަކިކޮށްފައި
ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުލްމަޖީދު: އޭނާ ވަނީ މަގާމުން ވަކިކޮށްފައި
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުލްމަޖީދު އިބްރާހީމް، މިއަދު މަގާމުން ވަކިކުރައްވައިފިއެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ އިން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ގާނޫނުއަސާސީން ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އަބްދުލްމަޖީދު މަގާމުން ވަކިކުރައްވާފައިވަނީ މިއަދު ހަވީރުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް، އޭނާ ކުއްލި ގޮތަކަށް މަގާމުން ވަކިކުރެއްވި ސަބަބެއް ސަރުކާރުން މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

މަގާމުން ވަކިކުރެއްވިއިރު، އަބްދުލްމަޖީދު ހުންނެވީ އެ މިނިސްޓްރީގެ ފޮރިން ލޭބަރ ޑިޕާޓްމެންޓުގެ އިސްވެރިޔާގެ މަގާމުގައެވެ. މީގެ އިތުރުން، ޑިޕާޓްމެންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ހިންގުމުގެ ޒިންމާތައްވެސް އޭނާ ގެންދެވީ އުފުއްލަވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު