ތައިރޮއިޑަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ނުވަތަ ހަކަތަ އުފައްދާ މިންވަރު ކޮންޓްރޯލްކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. ތައިރޮއިޑު ކެންސަރަކީ މި ގްލޭންޑުގެ ސެލްތަކަށް ޖެހޭ ކެންސަރެކެވެ. މި ބަލި ކުރީކޮޅު ދެނެގަތުމަކީ ފަރުވާގެ ކާމިޔާބީއަށް ވަރަށް މުހިންމު ކަމެކެވެ.
މި ބަލީގެ އެންމެ އާންމު އެއް އަލާމާތަކީ ކަރުގައި ގަނޑުލުމެވެ. އާންމު ގޮތެއްގައި މިއީ އަތްލުމުން ހަރުކޮށް ހުންނަ، އަދި އެއްވެސް ވަރަކަށް ތަދުނުވާ ގަނޑެކެވެ. ކަރުގެ ކުރިމަތީގައި، ހާއްސަކޮށް "އެޑަމްސް އެޕަލް" ގެ ތިރީގައި މިފަދަ ބަދަލެއް ނުވަތަ ދުޅަވުމެއް ފާހަގަކުރެވިއްޖެނަމަ،
އެއީ ތައިރޮއިޑު ކެންސަރުގެ ނިޝާނަކަށް ވެދާނެއެވެ. މިފަދަ ގަނޑެއް ހަލުވިކަމާއެކު ބޮޑުވަމުންދާނަމަ އެއީ އިތުރަށް ސަމާލުވާންޖެހޭ ކަމެކެވެ.
ބަދަލު އައުމަކީވެސް ތައިރޮއިޑު ކެންސަރުގެ ސަބަބުން ދިމާވެދާނެ ކަމެކެވެ. ޓައިމްސް އޮފް އިންޑިއާގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އަޑު ކުރަކިވުމާއި، މާ ގިނަ ދުވަސްވަންދެން އަޑު ބެދިފައި ހުރުމަކީ ތައިރޮއިޑުގައި އުފެދޭ ކެންސަރުގެ އަސަރު އަޑު އުފައްދައިދޭ ނާރުތަކަށް ކުރުމުން ދިމާވާ ކަމެކެވެ. މީގެ އިތުރުން، ކާ އެއްޗެހި ދިރުވަން އުނދަގޫވުމާއި، ކަރުތެރޭގައި އެއްޗެއް ތާށިވެފައި ހުންނަ ކަމުގެ އިހުސާސް ވުމަކީވެސް މި ބަލީގެ ނުރައްކާ އޮތްކަން އަންގައިދޭ އަލާމާތްތަކެކެވެ.
ކަރުގެ ވަށައިގެން ރިއްސުމާއި، ބައެއް ފަހަރު އެ ރިހުން ކަންފަތާ ހަމައަށް ފެތުރުމަކީވެސް ބަލިމީހުންނަށް ކުރިމަތިވާ ކަމެކެވެ. ހަމައެއާއެކު، ކަރުގެ ދެފަރާތުގައި ހުންނަ ގޮށްތައް (ލިމްފް ނޯޑްސް) ދުޅަވުމަކީވެސް ފެންނަން ހުންނަ ނިޝާނެކެވެ. ބައެއް މީހުންނަށް އަރިދަފުސް ރޯގާއެއް ނުވަތަ އެހެން ބައްޔެއް ނެތިވެސް ގިނަ ދުވަސްވަންދެން ކެއްސުން ހުއްޓުމެއްނެތި ދެމިގެންދެއެވެ. މިއީވެސް ތައިރޮއިޑު ކެންސަރުގެ ސަބަބުން ދިމާވެދާނެ ކަމެކެވެ.
މަތީގައި ހިމަނާފައި މިވާ ކަންކަމަކީ ހަމައެކަނި ކެންސަރުގެ ސަބަބުން ދިމާވާ ކަންކަމެއް ނޫނެވެ. ނަމަވެސް، ކަރުގައި އުފެދޭ ގަނޑެއް ނުވަތަ އަޑަށް އަންނަ ބަދަލެއް ދެ ހަފުތާއަށްވުރެ ގިނަ ދުވަސްވަންދެން ހުރޭތޯ ބަލަންޖެހެއެވެ. ސިއްހީ މާހިރުން ދެއްވާ އެންމެ ބޮޑު އިރުޝާދަކީ، މިފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ "އަދި ރަނގަޅުވެދާނޭ" ހިތާ މަޑުނުކޮށް، ވީހާވެސް އަވަހަކަށް ޑޮކްޓަރަށް ދައްކައި ޗެކްކުރުމެވެ. ބަލި ކުރީކޮޅު ދެނެގަނެވިއްޖެނަމަ، މިއީ ފަރުވާކޮށްގެން ފުރާނަ ސަލާމަތް ކުރެވިދާނެ ބައްޔެކެވެ.

ކިޔުންތެރިންގެ ހިޔާލު