މިހާރު ތައިލޭންޑްގައި ކުރިއަށް ދާ ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕުގައި ދިވެހި ގައުމީ ޓީމުން ދައްކަމުންދާ އާދަޔާޚިލާފު ކުޅުމާއެކު، ތަށި ކަށަވަރުކުރުމަށް ރާއްޖެއަށް މިހާރު ބޭނުންވަނީ އެންމެ ދެ ޕޮއިންޓެވެ.
މި ސަރަހައްދުގެ އެހެން ގައުމުތައް ކިހިލި ޖަހާލައިގެން، ގައުމީ ފުޓްސަލް ޓީމުން ހޯދަމުންދާ މި ތާރީހީ ކާމިޔާބީގައި، ކުޅިވަރުގެ ގަދަބާރުގެ ގޮތުގައި މަޝްހޫރުވެފައިވާ އިންޑިއާގެ މައްޗަށް ރާއްޖެއިން ވަނީ 5-0 ގެ ބޮޑު ތަފާތަކުން ކުރި ހޯދާފައެވެ. ކުޅުނު ހުރިހާ މެޗަކުން އެއްވެސް ހާސްކަމެއް ނެތި މޮޅުވެ، މުބާރާތުގެ ބާކީ ދެ މެޗު އޮއްވައި ރާއްޖެއިން ވަނީ މުބާރާތުގެ އެންމެ ފޭވަރިޓުންގެ ގޮތުގައި މަގާމު ހަރުދަނާކޮށްފައެވެ.
މިއީ ފުޓުބޯޅައިގެ ބޮޑު މައިދާނުގައިވެސް ރާއްޖެއަށް މިހާތަނަށް ހޯދިފައިނުވާ ފަދަ އާދަޔާޚިލާފު ކުރިއެރުމެކެވެ. ނަމަވެސް، ގައުމީ ޓީމުން މިފަދަ ބޮޑު ފަހުރެއް ހޯދަމުންދާއިރު، ސަރުކާރުގެ މަތީ ފަޑިއަށް މިކަމުގެ އެއްވެސް އަސަރެއް ކުރާހެން ހީނުވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ގައުމީ ފެންވަރުގެ މިފަދަ ކަމެއްގައި ސަރުކާރުގެ ބައިވެރިވުން ނެތް މިންވަރަށް ބަލާއިރު، އެންމެ ކުޑަމިނުން މަރުހަބާގެ ޕޯސްޓެއްހާ ހިސާބުވެސް ފެންނަން ނެތުމަކީ ހިތާމަހުރި ކަމެކެވެ. އެކަމަކު ތަށި ހިފައިގެން ޓީމު އެނބުރި އައުމުން، ޝުކުރުގެ ލިސްޓުގެ އެންމެ ކުރީގައި ރައީސްގެ ނަންފުޅު އޮންނާނެކަމާއި، ވަގުތީ ފޯރީގައި ބައިވެރިވާން ވެރިން ނުކުންނާނެކަން ފާހަގަކޮށް މީސްމީޑިއާގައި ދަނީ ވަރަށް ބޮޑަށް ހަޖޫ ޖަހަމުންނެވެ.
މިކަމާ ގުޅިގެން މީސްމީޑިއާގައި ފާޅުކުރަމުންދާ ޚިޔާލުތަކަށް ބަލާއިރު، ގިނަ ބަޔަކު ގަބޫލުކުރަނީ މިއީ ދޮގުކުރެވެން ނެތް ހަގީގަތެއް ކަމަށެވެ. ތަށި ލިބުމާއެކު ސަރުކާރުގެ ރާގު ބަދަލުވެ، އެއީ ސަރުކާރުގެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރާނެ ކަމަށް އާންމުން ދަނީ ބުނަމުންނެވެ.
އެހެންނަމަވެސް، މިވަގުތު ސިޔާސީ ޚިޔާލުތަފާތުވުންތަކަށްވުރެ ބޮޑަށް މުހިންމީ ބައިބައިނުވެ، ގައުމީ ރޫހުގައި ޓީމަށް ތަރުހީބު ދިނުމެވެ. ބަލިވިޔަސް މޮޅުވިޔަސް ދިވެހި ސަޕޯޓަރުން ތިބީ ޓީމާއެކު ކަމަށާއި، ބޭރުގެ ގައުމެއްގައި ރާއްޖެ ތަމްސީލުކުރާ ކުޅުންތެރިންނާމެދު ފަހުރުވެރިވާކަން އާންމުން ދަނީ ހާމަކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު