ރާއްޖޭގެ ނޫހެއްގައި ޝާއިޢުކުރި ކާޓޫނެއް ނަގަން މީޑިއާ ކޮމިޝަނުން އެންގުމާ ގުޅިގެން، ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ޑރ. ޖަމީލް މިހެން ވިދާޅުވެފައިވަނީ، ދާދިފަހުން ރާއްޖޭގެ ނޫހެއްގައި ޝާއިޢުކުރި ކާޓޫނެއް ނެގުމަށް މީޑިއާ ކޮމިޝަނުން އެންގުމާ ގުޅިގެން މީސްމީޑިއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައެވެ.
އެގޮތުން ޑރ. ޖަމީލް ވިދާޅުވީ، ކާޓޫނަކީ ނޫސްވެރިކަމުގެ މުހިންމު ބައެއް ކަމަށެވެ. އަދި ސަރުކާރަށް ތާއީދުކުރާ ބައެއް ފަރާތްތަކަށް އިޝާރާތް ކުރަށްވައި ޑރ. ޖަމީލް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވައްކަމާއި ކޮރަޕްޝަން ހިންގުމުންވެސް އެއީ ރަނގަޅު ކަމެއް ކަމަށް ދެކޭ "ޢިލްމުވެރިން" ކަމަށް ބުނާ ބޭފުޅުންނަށް، ނޫސްވެރިކަމުގެ އެއްވެސް ފާޑުކިއުމެއް ހަޖަމެއް ނުވާނެ ކަމަށެވެ.
"ތިޔަ ކާޓޫނުގައި އޮތީ ކޮން މައްސަލައެއްތޯ؟" ސުވާލު އުފައްދަވަމުން ޖަމީލް ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ، ރާއްޖޭގެ މީޑީއާއެއްގައި ޝާޢިއު ކޮށްފައިވާ ކާޓޫނެއްގެ މައްސަލަ މީޑިއާ ކޮމިޝަނުން ބެލުމަށްފަހު، އެއީ އަޚްލާޤީ މިންގަނޑާ ޚިލާފު އެއްޗެއް ކަމަށް ބުނެ ކާޓޫން ހިމެނޭ ސެގްމަންޓް ނަގަން އެންގުމާ ގުޅިގެންނެވެ.
"މި މައްސަލަ ބަލައި ނިމެންދެން އެ ސެގުމެންޓުގައި ހިމެނޭ ޕޯސްޓު ނަގައި، ސެގުމެންޓުގެ ހިދުމަތް ވަގުތީ ގޮތުން މިހާރުން މިހާރަށް މެދުކަނޑާލުމަށް ނޫހަށް ދަންނަވަން." އެ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ހަމްދީ އަގީލް ސޮއިކޮށް މީޑިއާއަށް ފޮނުވި ސިޓީގައިވެއެވެ.
އެ ކާޓޫންގެ މައްސަލާގައި ކާޓޫން ޝާއިއުކުރި މީޑިއާއިން ބުނެފައިވަނީ، އެ ކާޓޫނަކީ ދިވެހި މުޖުތަމައުގައި ވައްކަމާއި ރިޝްވަތު ދިނުން އިތުރުވަމުންދާ މިންވަރު ދައްކުވައިދީފައިވާ ކާޓޫނެއް ކަމަށެވެ. އަދި ކޮމިޝަންގެ އެންގުން ގާނޫނުއަސާސީއާ ހިލާފު ކަމަށްވެސް އެމީޑިއާގެ ސީއީއޯ ވަނީ މީސްމީޑިއާގައި ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު